ށ.ކޮމަންޑޫ ރައްޔިތުން ހޭލުންތެރި ކުރުމަށް އެރަށު ގޭގެއަށް ޒިޔާރަތް ކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފުލުހުން ކުރިއަށް ގެންގޮސްފިއެވެ.
މި މެއި މަހުގެ 18 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ކޮމަންޑޫގެ ރައްޔިތުންނަކީ ހޭލުންތެރި ބަޔަކު ދިރިއުޅޭ ރަށެއްގެ ގޮތުގައި ބޭއްވުމަށާއި ކުރިއަށް އޮތް ރަމަޟާން މަހާދިމާކޮށް ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.
އެގޮތުން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ވަނީ ތަފާތު އެކި ޕްރޮމޯޝަންތަކުގައި އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތަކާއި ގުޅޭގޮތުން ރައްޔިތުން ސަމާލުކަން ދޭންވީ ކަންކަމާއި ގުޅޭގޮތުން ވަނީ މަޢުލޫމާތު ދީފައެވެ. އަދި އަމިއްލަ އެކައުންޓްގެ މަޢުލޫމާތާއި ކޭޝްކާޑުގައިވާ މަޢޫލޫމާތު އެއްވެސް މީހަކަށް ނުދިނުމަށާއި އެކި ޕްރޮމޯޝަންތަކުގައި ގުޅައިގެން އެފަދަ މަޢުލޫމާތު ހޯދުމަށް އަންނަ ފޯންކޯލަކީ ރަނގަޅު ކޯލްތަކެއް ނޫންކަމާއި އެފަދަ މަޢުލޫމާތުތައް ހޯދުމަށް ބޭންކުން ނުވަތަ އެހެން މުއައްސަސާތަކުގެ ފަރާތުން ނުގުޅާނެކަން ރައްޔިތުންނަށް އޮޅުންފިލުވައިދީފައިވެއެވެ.
މިމަޢުލޫމާތުތަކުގެ އިތުރުންވެސް ފުލުހުން ދެމުންދާ ހިދުމަތްތަކާއި ބެހޭގޮތުން މަޢުލޫމާތުދީ ފުލުހުންގެ މަސައްކަތްތައް މިހާރަށްވުރެ ރަނގަޅުކުރުމަށް ރައްޔިތުންގެ ހިޔާލު ހޯދާފައިވެއެވެ.
ރައްޔިތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ކޮމަންޑޫ ކުރިއަށް ގެންގޮސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ