މެލޭޝިޔާގެ އޯޕަން ޔުނިވާރސިޓީއިންގެ ފަރާތުން ވިލާ ކޮލެޖްގެ ރެކްޓަރ ޑރ.އަހުމަދު އަންވަރަށް އޮނަރަރީ ޑޮކްޓަރ އޮފް އެޑިއުކޭޝަން އަރުވައިފިއެވެ.
ޑރ. އަހުމަދު އަންވަރަށް އޮނަަރަރީ ޑޮކްޓަރ އޮފް އެޑިއުކޭޝަން އަރުވާފައިވަނީ މިއަދު ބޭއްވި މެލޭޝިޔާގެ އޯޕަން ޔުނިވާރސިޓީގެ 19 ވަނަ ކޮންވޮކޭޝަން ރަސްމިއްޔާތުގައެވެ.
ޑރ. އަންވަރު އުފަންވީ 1954 ވަނަ އަހަރުގެ އެޕްރީލް މަހުގެ ދެވަނަ ދުވަހުއައްޑޫ މީދޫއަށެވެ. މީދޫ ސްކޫލުން ޕްރައިމަރީ ތައުލީމް ހާސިލްކުރެއްވުމަށްފަހު ޑރ. އަހުމަދު އަންވަރު ވަނީ ސެކަންޑްރީ ތައުލީމް ހާސިލްކުރެއްވުމަށް މާލެ ވަޑައިގެންފައެވެ.
އެއައްފަހު އެބޭފުޅާ ވަނީ މައިސޫރުގައި ހުންނަ ރީޖަނަލް ކޮލެޖް އޮފް އެޑިއުކޭޝަން އިން ޕްރައިމަރީ ޓީޗަރ ޓްރެއިނިން ސެޓްފިކެޓް ހާސިލްކުރައްވާފައެވެ.
އޭގެ އިތުރުން އެބޭފުޅާ ވަނީ ޔުނިވާރސިޓީ އޮފް ބްރިސްޓޮލް އިން އެޑްވާންސްޑް ޑިޕްލޮމާ އިން އެޑިއުކޭޝަން ހާސިލްކުރައްވާ 1991 ވަނަ އަހަރު މާސްޓަރ އޮފް އެޑިއުކޭޝަނަށް ހާސިލްކުރައްވާފައެވެ. ޑރ. އަހުމަދު އަންވަރުވަނީ 2008 ވަނަ އަހަރު ޑޮކްޓަރޭޓް އިން އެޑިއުކޭޝަން ހާސިލްކުރައްވާފައެވެ.
ރާއްޖޭގައި ފުރަތަމަ ޕްރައިވެޓް ކޮލެޖް، ވިލާ ކޮލެޖް އުފެއްދުމުގައި އިސް ދައުރެއް އަދާކުއްވި ޑރ. އަންވަރު އެ ކޮލެޖަށް ގުޅިވަޑައިގެންނެވީ 35 އަހަރު އާންމު ހިދުމަތް ކުރެއްވުމަށްފަހުއެވެ.
އެބޭފުޅާ ވަނީ މޯލްޑިވްސް އެކްރެޑިޝަން ބޯޑްގެ އިސްވެރިޔާގެ މަގާމު ވެސް ފުރުއްވާފައެވެ.
ވިލާ ކޮލެޖްގެ ރެކްޓަރ އަހުމަދު އަންވަރަށް އޮނަރަރީ ޑޮކްޓްރޭޓުކަން އަރުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ