އެމްޑީޕީއަށް އިސްލާހީ ބަދަލުތަކެއް ގެންނަން ޖެހިފައިވާކަމަށް ވިދާޅުވެ އެޕާޓީ މިހާތަނަށް ހިންގަމުން އައިގޮތަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ފާޑު ވިދާޅުވެއްޖެ އެވެ.
ހޯމް މިނިސްޓަރު އުމަރު ނަސީރު އެމްޑީޕީގެ ލީޑަޝިޕަށް ފާޑު ވިދާޅުވެފައިވަނީ އެމަނިކުފާނު ކުރެއްވި ޓްވީޓެއްގަ އެވެ.
މިގޮތުން ފާއިތުވި ހަ އަހަރު ތެރޭގައިވެސް އެމްޑީޕީގެ ލީޑަރު ކަމަށް އެއްވެސް ވަރެއްގެ ވާދަވެރިކަމެއް ނެތް ކަމަށާއި، ޕާޓީއަށް އިންތިހާބު ކުރި ތިން ލީޑަރުންވެސް ވަކިކޮށްފައިވާ ކަމަށް ވިދާޅުވެ އެމްޑީޕީއަށް މިނިސްޓަރު އުމަރު ވަނީ ފާޑު ވިދާޅުވެފަ އެވެ.
އެމްޑީޕީގެ މުޅި ރޫހަކީ ރައީސް ނަޝީދު ކަމުގައި އެޕާޓީގެ އާއްމު މެމްބަރުންވެސް ބުނާއިރު، އަދި ރައީސް ނަޝީދު ޖަލުން މިނިވަން ކުރުމަށް އެޕާޓީން ކެނޑި ނޭޅި މަސައްކަތް ކުރަމުންދާއިރު، އުމަރު ވިދާޅުވީ އެމްޑީޕީއަކީ އެންމެ މީހަކަށް ބަރޯސާވާ ޕާޓީއަކަށް ވެފައިވާ ކަމަށާއި، އެހެންކަމުން މިހާރު އެ ޕާޓީއަށް އިސްލާހީ ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމަށެވެ.
މިނިސްޓަރު އުމަރު މިމޭރުމުން އެމްޑީޕީއަށް ފާޑުވިދާޅުވެފައި މިވަނީ ރައީސް ނަޝީދު މިނިވަން ކުރުމަށް ސަރުކާރަށް ފިއްތުންތައް ކުރިމަތި ކުރުމުގެ ގޮތުން އަނެއްކާވެސް އެމްޑީޕީން އިތުރު މުޒާހަރާއަކަށް ތައްޔާރުވަމުންދާކަށް އިއުލާންކުރުމާއި އެކު އެވެ.
އެމްޑީޕީއަށް އިސްލާހީ ބަދަލުތަކެއް ގެންނަން ޖެހިފައިވާކަމަށް ވިދާޅުވެ މިނިސްޓަރު އުމަރު ޓްވީޓް ކުރެއްވި އިރު މީގެ ކުރިން އެމްޑީޕީގެ އިސްސަފުގައި ރައީސް ނަޝީދުގެ ތާއީދު ނެތް ބޭފުޅަކަށް ނުހުރެވެ އެވެ. މިގޮތުން އެޕާޓީގެ ރައީސް ކަމަށް ގެނައި ތިން ބޭފުޅުންވެސް ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ވަނީ މަގާމުން ވަކިވެވަޑައިންފަ އެވެ.
އެމްޑީޕީގެ ލީޑަރަކީ މިވަގުތު 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އަދި ނައިބު ރައީސްގެ ގޮތުގައި ހުންނެވީ މުހައްމަދު ޝިފާޒެވެ. އަދި ޗެއާޕާސަން އަކީ ލަންޑަނުގައި މިވަގުތު އަމިއްލައަށް އަރުވާލެވިގެން ހުންނެވި އަލީ ވަހީދެވެ.
އެމްޑީޕީ ވަނީ އިސްލާހު ކުރަން ޖެހިފައި: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ