ރާއްޖެ އިސްލާމްވީ ދުވަހާ ގުޅިގެން ބާއްވާ ކުޑަކުދިންގެ ހަވީރު މިއަދު

ރާއްޖެ އިސްލާމްވީ ދުވަހާ ގުޅުވައިގެން ހޯމް މިނިސްޓްރީއާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ބާއްވާ ކުދަކުދިންގެ ހަވީރު މިއަދު ބޭއްވުމަށް އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިފިއެވެ.
މިކަމާ ބެހޭގޮތުން މައުލޫމާތު ދިނުމަށް މިއަދު އިސްލާމިކް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ، ކުރިން މި އިވެންޓު ބާއްވަން ހަަމަޖެއްސި ދުވަހު ނުބޭއްވުނީ މޫސުން ތަން ނުދިނުމުގެ ސަަބަބުން ކަމަށެވެ.
މިއަދުގެ މި އިވެންޓުގައި ކުޑަކުދިންނާ ގުޅޭ ތަފާތު އެތައް ސްޓޯލުތަކެއް ބަހައްޓާފައި ހުންނާނެ ކަަމަށާއި އިވެންޓުގައި ކުދަކުދިންނަށް މަޖާކުރުމުގެ ފުރުސަތުގެ އިތުރުން، ދީނީ މައުލުމާތުތައް ފޯރުކޮށްދެވިގެންދާނެ ކަމަށެވެ.
މިނިސްޓްރީން ބުނީ އިވެންޓު ކުރިއަށްދާނީ މިއަދު ހަވީރު 4:00 އިން ފެށިގެން އިރުއޮއްސި 6:00 އަށް ކަމަށެވެ. އަދި ރޭގަނޑު 8:00 އިން ފެށިގެން 22:00 އަށް އިވެންޓު ކުރިއަށްދާނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.
މި އިވެންޓު އޮންނާނީ އިސްލާމީ މަރުކަޒުގައި ކަމަށާއި ބައިވެރިވާން ބޭނުންވާ ކޮންމެ ކުއްޖަކުވެސް އިވެންޓު ކުރިއަށްދާގަޑީ އިސްލާމީ މަރުކަޒަށް ޒިޔާރާތްކޮށް، ސްޓޯލުތަކުގައި ބައިވެރިވެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެގޮތުން އިވެންޓުގެ ރޭގަނޑު ކުރިއަށްދާ ދަންފަޅީގައި ޓެލެސްކޯޕް ބޭނުންކޮށްގެން ހަނދާއި ތަރިތައް ބަލައިލުމުގެ ފުރުސަތު ކުދިންނަށް ލިބޭނެ ކަމަށާއި އިވެންޓުގެ ތެރެއިން، ކުދިންގެ ހުނަރު ދައްކާލުމުގެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
އެ މިނިސްޓްރީން ބުނީ ހަރަކާތްތަކުގައި ބައިވެރިވާ ކޮންމެ ކުއްޖަކަށްވެސް ކޮންމެވެސް ހަދިޔާއެއް ލިބޭނެ ކަަށާއި އޭގެ ތެރޭގައި ކިޔވާ ކުދިންނާ ގުޅޭ ހަދިޔާތައްވެސް ހިމެނޭ ކަމަށެވެ.
މިނިސްޓްރީން އިތުރަށް ބުނީ މި އިވެންޓުގެ ތެރެއިން ފޮތް ވިއްކުމުގެ ހަރަކާތެއްވެސް ކުރިއަށްގެންދާނެ ކަމަށެވެ. އެގޮތުން ބޮޑެތި މީހުންނަށް ބޭނުންވާނެ ދީނީ ފޮތްތައް ގަންނަން ލިބެން ހުނާނެ ކަމަށާއި އޭގެ ތެރޭގައި ހިލޭ ބަހާ ފޮތްތައްވެސް ހިމެނޭ ކަމަށް މިނިސްޓްރީން ބުންޏެވެ.
މި އިވެންޓުގައި މައިގަނޑު 13 ސްޓޯލެއް ބަހައްޓާފައި ހުންނާނެ ކަމަށާއި، އޭގެ ތެރޭގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ތައްޔާރުކޮށްފައިވާ ހަތް ސްޓޯލަކާއި، މިނިސްޓްރީގެ ބޭރުން ބައެއް ފަރާތްތަކުން ތައްޔާރުކޮށްފައިވާ ސްޓޯލްތައް ހިމެނޭކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ. އޭގެ ތެރޭގައި އިސްލާމިކް ޔުނިވާސިޓީއާއި، ގައުމީ ޔުނިވާސިޓީ، އެކްސެލް އިންޓަނޭޝަނަލް އަދި އަޔާދީ ތަކަފުލް ގެ ސްޓޯލްތައް ހިމެނޭ ކަމަށް މިނިސްޓްރީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ