ގާޒީ އަލީ ރަޝީދު ދިރިއުޅުއްވާ އެޕާޓްމެންޓުގެ ދޮރަށް ކޯރާޑިއަކުން ގެއްލުންދީފި
ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ގާޒީ އަލީ ރަޝީދު ދިރިއުޅުއްވާ އެޕާޓްމެންޓުގެ ދޮރަށް ކޯރާޑިއަކުން ގެއްލުންދީފި އެވެ. ފުލުހުން ބުނީ ގާޒީ އަލީ ރަޝީދުގެ އެޕާޓްމަންޓުގެ ދޮރަށް ގެއްލުންދީ، ދޮރުގައި ލިޔުމެއް ލިޔުނު މައްސަލައެއް މިރޭ ފަތިހު 5:30 އެހާކަންހާއިރު ހުށަހަޅާފައިވާ ކަމަށެވެ. ކްރިމިނަލް ކޯޓުގެ އިސްގާޒީ ކަމަށް ވަގުތީ ގޮތުން ހަަމަޖެއްސެވި، ގާޒީ އަލީ ރަޝީދު --- ސަންފޮޓޯ ދޮރަށް ގެއްލުން ދިނުމަށް ބޭނުން ކުރި ކަމަށް ބެލެވޭ ކޯރާޑި ވަނީ އެ ގޭގެ ދޮރު ކައިރިން ފެނިފަ އެވެ. އެކަމަކު، ދޮރުގައި ލިޔުނީ ކޯއްޗެއް ކަމެއް އަދި އެނގިފައި ނުވެ އެވެ. ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް، އެ މައްސަލަ ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ފުލުހުން ބުންޏެވެ. ކްރިމިނަލް ކޯޓުގެ ހިންގުމާ ގާޒީ އަލީ ރަޝީދު ހަވާލުވެވަޑައިގެންނެވީ މި މަހުގެ ފަސް ވަނަ ދުވަހު އެވެ. އެއީ އެ ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ސަސްޕެންޑު ކުރުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ