ޑްރަގު ކޯޓުން މިނިވަން ކޮށްފައި ހުރި ވަގެއް ފިހާރައެއްގެ ފުރާޅުން ޓިނު ނަގައިގެން ވައްކަން ކުރަން އުޅެނިކޮށް ހައްޔަރުކޮށްފި

އޮލިމަޕަސް ކައިރީ ހުރި ފިހާރައެއްގެ ފުރާޅުން ޓިނު ނަގައިގެން ވައްކަންކުރަން އުޅުނިކޮށް ޑްރަގު ކޯޓުން މިނިވަންކޮށްފައި ހުރި ވަގެއް ފުލުހުން ހަޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މިމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި މި މީހާއަކީ ޑްރަގް ކޯޓުގެ ރިހިބިލިޓޭޝަން އަމުރުގެ ދަށުން މުޖުތަމަޢުއަށް ދޫކޮށްލާފައިވާ މަސްތުވާތަކެއްޗާއި ފޭރުމުގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށެވެ.
މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ފިހާރައެއްގެ ފުރާޅުން ޓިނުނަގައިގެން ވައްކަން ކުރަން އުޅެނިކޮށް މި ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހުގެރޭ 01:20 ހާއިރު އެ ފިހާރައިގެ ފުރާޅު މަތިން އެވަގުތު މާލެތެރެ ޕެޓްރޯލް ކޮށް ބެލެހެއްޓުމުގައި ހަރަކާތްތެރިވި ގަލޮޅު ޕޮލިސްގައި މަސައްކަތްކުރާ ފުލުހުން ކަމަށް ވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ އެފިހާރައިގެ ފުރާޅުން ޓިނުގަނޑު ހަލާކުކޮށްލިނަމަވެސް އޭނާއަށް އެފިހާރަ ތެރެއަށް ނުވަދެވޭ ކަމަށާއި އަދި މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައިފާސްކުރިއިރު އިސްކުރު ނަގާ ކަށިގަނޑަކާއި ރެންޗެއްގެ އިތުރުން ކަޓަރެއް ފެނިފައިވާ ކަމަށެވެ.
.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ