ޢަބްދުއްސައްތާރު މޫސާ ދީދީ އަކީ އަމިއްލަ އެދުންފުޅެއް ނެތި 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޤައުމަށް ޚިދުމަތް ކުރެއްވި މާތް ބޭފުޅެއް ކަމަށް ކުރީގެ ރައީސް، ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިމޭރުމުން ވިދާޅުވެފައިވަނީ ޢަބްދުއްސައްތާރު މޫސާ ދީދީ ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާއި ގުޅިގެން ތައުޒިޔާ ވިދާޅުވެ ކުރެއްވެވި ޓްވީޓެއްގައެވެ.
ރައީސް މައުމޫން ވިދާޅުވީ ޢަބްދުއްސައްތާރު މޫސާ ދީދީ ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ކެބިނެޓް މިނިސްޓަރުކަން ކުރައްވައިފައި ކަމަށާއި ޢަބްދުއްސައްތާރު މޫސާ ދީދީ އަވަހާރަވުމުން އެކަމާއިމެދު ވަރަށް ބޮޑަށް ހިތާމަފުޅު ކުރައްވަވާ ކަމަށެވެ.
ރައީސް މައުމޫނުގެ ވެރިކަމުގައި 1978 ވަނައަހަރުން 1989 ވަނަ އަހަރަށް ޢަބްދުއްސައްތާރު މޫސާ ދީދީ އަދާ ކުރެއްވެވީ ފިޝަރީޒް މިނިސްޓަރު ކަމެވެ. 1989 އިން 1992 ވަނައަހަރަށް އެމަނިކުފާނު އަދާކުރެއްވެވީ ހެލްތް މިނިސްޓަރުކަމެވެ.
ޢަބްދުއްސައްތާރު މޫސާ ދީދީ އިސްތިއުފާ ދެއްވީ އެމަނިކުފާނާއި ނޫސްވެރިއަކު ކުރިސުވާލަކަށް ތެދުބަހުން ޖަވާބު ދެއްވެވުމުން، ތެދު، ޙައްޤު ބަސްފުޅު ވިދާޅުވީތީ އެއިރު ކެބިނެޓުގައި ހުންނެވި ބާރު ގަދަ ބޭފުޅަކު ބައެއް ބަސްފުޅުތައް ވިދާޅުވެފައިވާ ވަގުތެއްގައެވެ.
މަޤާމުން އިސްތިއުފާ ދެއްވެވުމަށްފަހުވެސް ޢަބްދުއްސައްތާރު މޫސާ ދީދީ ވަނީ ސަރުކާރުން ހަވާލު ކުރެއްވެވި ކޮންމެ ކަމެއް އިޚްލާޞްތެރިކަމާއިއެކު ކޮށްދެއްވައިފައެވެ.
ޢަބްދުއްސައްތާރު މޫސާ ދީދީ އަކީ އަމިއްލަ އެދުންފުޅެއް ނެތި ޤައުމަށް ޚިދުމަތް ކުރެއްވި މާތް ބޭފުޅެއް: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ