ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން: ރަސްމީ ނަތީޖާއާއި ވަގުތީ ނަތީޖާގެ ތަފާތެއް ނެތް!

ހޮނިހިރު ދުވަހު ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ރަސްމީ ނަތީޖާ އިޢުލާންކޮށްފިއެވެ. އިލެކްޝަންސް ކޮމިޝަނުން މިއަދު އިއުލާންކުރި ރަސްމީ ނަތީޖާ ދައްކާގޮތުން ވަގުތީ ނަތީޖާއާ އެއްވެސް ބަދަލެއް ނާދެއެވެ.
އިލެކްޝަންސް ކޮމިޝަނުން ޢާންމުކުރި ރަސްމީ ނަތީޖާ ދައްކާގޮތުން މިއިންތިޚާބު ކާމިޔާބުކޮށްފައިވަނީ އެމްޑީޕީގެ ކެނޑިޑޭޓް މުހައްމަދު ރާޝިދެވެ. މިއިންތިޚާބު ރާޝިދު ކާމިޔާބް ކުރެއްވީ 1،441 ވޯޓުންނެވެ. ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ އާދަމަށް ލިބިވަޑައިގަތީ 1،161 ވޯޓެވެ. އަދި އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލްހާންނާން އިދުރީސްއަށް ލިބިވަޑައިގަތީ 323 ވޯޓެވެ.
ރައްޔިތުންގެ މަޖިލީހުގައި ކޮމަންޑޫ ދާއިރާ ތަމްސީލުކުރާ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރުކަމުގައި ހުންނެވި ހުސައިން ވަހީދު އަވަހާރަވުމުންނެވެ. ކޮމަންޑޫ ދާއިރާގެ ދާއިމީ ނަތީޖާ މާދަމާ އިއުލާން ކުރުމަށް ހަމަޖެހިފައިވާއިރު، މިއިންތިޚާބުގެ ނަތިޖާ އަށް ބަދަލު އަންނަފަދަ ޝަކުވާއެއް ހުށަހެޅިފައި ނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެެވެ.
ކޮމަންޑޫ ދާއިރާގެ އިތުރުން އިއްޔެ ބޭއްވުނު ގއ.ގެމަނަފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބާއި، ތ.ވިލިފުށީ އިންތިޚާބުގެ ދާއިމީ ނަތީޖާވެސް މާދަމާ އިއުލާން ކުރާނެއެވެ. މިދެ އިންތިޚާބުގެ ތެރެއިން ގެމަނަފުށީ އިންތިޚާބު ކާމިޔާބުކޮށްފައިވަނީ މިނިވަން ކެނޑިޑޭޓެކެވެ. ވިލިފުށީ އިންތިޚާބު ކާމިޔާބުކޮށްފައިވަނީ، އެމްޑީޕީގެ ކެނޑިޑޭޓެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ