ސްކޫލް ކުދިންނަށް ހާއްސަކޮށްގެން އެމްއޭސީއެލްއިން ކެރިއަރ އެކްސްޕޯއެއް ފަށައިފި

މޯލްޑިވްސް އެއާރޓްސް ކޮމްޕޮނީ ލިމިޓެޑްގެ ވަޒީފާތަކާ ގުޅޭ ގޮތުން، ސްކޫލް ކުދިންނަށް ހާއްސަކޮށްގެން ކެރިއަރ އެކްސްއޯއެއް ކުރިޔަށްގެންގޮސްފިއެވެ.
އެމްއޭސީއެލްއިން ބުނީ، މިއެކްސްޕޯގެ މަޤްސަދަކީ ވެލާނާ އިންޓަނޭސަނަލް އެއަރފޯޓު އަދި އޭވިއޭޝަން ސެކްޓަރގައި ކުރިއަށްދެވެން ހުރި ފުރުސަތުތަކާ ގުޅޭ ގޮތުން ދަރިވަރުންނަށް މަޢުލޫމާތު ދިނުންކަމަށެވެ. އެގޮތުން އޭވިއޭޝަން ސެކްޓަރގައި ކުރިއަށްދާން ބޭނުންވާ ދާއިރާތަކުން ފަސޭހައިން ކުރިއަށްދެވޭނީ ކޮން މާއްދާތަކެއް ކިޔަވައިގެންކަން މި އެކްސްފޯގައި ދަަރިވަރުންނަށް ބުނެދީފައިވާކަމަށް އެމްއޭސީއެލްއިން މައުލޫމާތުދެއެވެ.
މީގެ އިތުރުން، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި އެމްއޭސީއެލްގެ މަސައްކަތްތައް ކުރިއަށްދާ ގޮތްވެސް މި އެކްސްޕޯގައި ދރިވަރުންނަށް ކިޔާދީފައިވެއެވެ. އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އޮޕަރޭޓްކުރުމުގައި އެމްއޭސިއެލްގެ ދައުރާއި، ޓާމިނަލް ސަރވިސަސް، ޕެސެންޖަރ ސާރވިސް، ކޮމާޝަލް، ރޭމްޕް، އެއާޕޯޓް އެމެޖެންސީ ސަރވިސަސް އަދި އެއަރ ޓްރެޕިކް ކޮންޓްރޯލާއި ގުޅޭ މުހިންމު މައުލޫމާތު ދަރިވަރުންނަށް ކިޔާދީފައިވާކަމަށް އެމްއޭސީއެލްއިން ބުނެއެވެ.
މިއަދު ކުރިއަށް ގެންދިޔަ މި އެކްސްޕޯގައި ތާޖުއްދީން ސްކޫލާއި ބިލަބޮންގް ހައި އިންޓަނޭޝަނަލްގެ 38 ދަރިވަރުން ވަނީ ބައިވެރިވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ