5 ރޫޓަކުން ދަތުރުކުރާ ފެރީތައް މޫސުން ގޯސްވުމުން ކެންސަލް ކޮށްފި

ރާއްޖޭގައި ފެރީގެ ހިދުމަތް ދެމުންއަންނަ އެމްޓީސީސީގެ ބައެއް ފެރީތައް މިއަދު މޫސުން ގޯސްވުމުން ކެންސަލް ކޯށްފިއެވެ.
އެމްޓީސީސީން ބުނީ، މިއަދު މޫސުން ގޯސްވެގެެން ފެރީގެ ހިދުމަތް ހުއްޓާލާފައިވާ 5 ރޫޓެއް ހިމެނޭ ކަމަށާއި، މިހާތަނަށް 6 ފެރީއެއް ކެންސަލް ކޮށްފައިވާ ކަމަށެވެ. މިއަދަށް ޖުމްލަ 40 ފެރީ ޝެޑިއުލްކޮށްފައި ވީ ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން ފެރީގެ ހިދުމަތް ކެންސަލް ނުކޮށް ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައި ވަނީ 34 ފެރީ ކަމަށް އެމްޓީސީސީން ބުނެއެވެ.
މިއަދު މޫސުން ގޯސް ވުމުގެ ސަބަބުން ބައެއ ފެރީތައް ކެންސަލް ކޮށްފައިވާ އިރު، މޫސުމާ ބެހޭ އިދާރާއިން މިއަދުގެ މޫސުން ލަފާ ކޮށް ބުނީ، ބައެއް އަތޮޅުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި ގުގުރުމާ އެކު ވާރޭ ވެހޭނެ ކަމަށެވެ. ވައިގެ ބާރުމިން ހިއްސާ ކުރަމުން މެޓް އޮފީހުން ބުނީ، ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. ކަނޑުއާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިން 3 ފޫޓާއި 6 ފޫޓަށް އުފުލޭނެ ކަމަށް ވެސް އެ އޮފީހުން ބުނެއެވެ.
މިހާރު ރާއްޖެއަށް ކުރަމުން މިދާ މޫސުމީ ވިއްސާރައާ ގުޅިގެން މިއަދު އަދި ސަމާލުވެ އެއްވެސް އެލާޓެއް ނެރެފައެއް ނުވެއެވެ. ނަމަވެސް ކުރިއަށް މިދިޔަ ދުވަްތަުގައި ވެސް ވިއސާރަވެ އެ އިދާރާއިން ވަނީ މޫސުމަށް ސަމާލުވުމަށް އިރުޝާދު ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ