ހައްޔަރުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަދި ޖުމުހޫރީ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒާ ދެކޮޅަށް ދައުލަތުން އުފުލާފައިވާ ނުފޫޒު ފޯރުވުމުގެ ދައުވާގެ މިއަދުގެ އަޑުއެހުން ކެންސަލް ކޮށްފިއެވެ.
ރިޔާޒާ ދެކޮޅަށް ނުފޫޒު ފޯރުވުމުގެ ދައުވާ އުފުލާފައިވަނީ ސޯޝަލް މީޑިޔާ މެދުވެރިކޮށް ވަކިވަކި ފުލުހުންނާ ސުވާލުކޮށް، މަޝްވަރާ ކުރިކަމުގެ ތުހުމަތުގައެވެ.
މިދިޔަ އަހަރު ރިޔާޒާ ދެކޮޅަށް އުފުލި މިދައުވާގެ ޝަރީއަތް އަދިވެސް ކުރިއަށް އެބަދެއެވެ. އަދި ރިޔާޒް މިހާރު ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރީ މިމައްސަލައާ ގުޅިގެންނެވެ.
މީގެ އިތުރުން ރިޔާޒާ ދެކޮޅަށް ވަނީ ގާނޫނީ ސަރުކާރު ވައްޓާލަން މަސައްކަތް ކުރި ކަމަށް ބުނެ ޓެރަރިޒަމްގެ ދައުވާވެސް އުފުލާފައެވެ. އަދި މިދިޔަ އަހަރުގެ ޖުލައި މަހުގެ 21 ވަނަ ދުވަހު ރައްޔިތުންގެ މަޖިލިސް ބަންދުކޮށްފައިވަނިކޮށް، ގަދަބާރުން މަޖިލިސް ތެރެއަށް ވަން މައްސަލާގައި ދައުވާ ކުރާ 12 މެމްބަރުންގެ ތެރޭގައިވެސް ރިޔާޒް ހިމެނިވަޑައިގަންނަވައެވެ.
ގިނަ ދުވަސްތަކެއް ވަންދެން ފުލުހުންގެ ވަޒީފާގައި މަސައްކަތް ކުރެއްވުމަށް ފަހު ރިޓަޔާ ކޮށްފައިވާ ރިޔާޒަކީ ފުލުސް އިދާރާގެ ތެރޭގައި ގިނަ ފުލުހުންނެއްގެ އިޙްތިރާމާއި ލޯބި ހޯއްދަވާފައިވާ ބޭފުޅެކެވެ. އަދި ރިޔާޒާ ދެކޮޅަށް މިހާރު އުފުލާފައިވާ ދައުވާ ތަކަކީ ސިޔާސީ ދައުވާތަކެއް ކަމަށް ބުނެ ސޯޝަލް މީޑިޔާގައި ސަރުކާރަށް ވަނީ ފާޑުކިޔުންތައް އަމާޒު ވެފައެވެ.
މެމްބަރު ރިޔާޒްގެ މިއަދުގެ ޝަރީއަތް ކެންސަލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ