ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ވަގަށް ނަގައި، ނިޒާމުން ގެއްލުވާލި އިރު ކެނެރީގޭ މުހައްމަދު ނަޝީދު ރާވާފައި އޮތީ އޭނާގެ ވަފާތެރިން ރާއްޖޭގެ ކޯޓުތަކަށް ލައި މުޅި ޝަރުޢީ ނިޒާމު ހައިޖެކް ކުރުމަށެވެ. މިފަދަ ވިސްނުމެއްގެ ނަޝީދު ކުރަން އުޅުނު ކަންތައް މާތް ﷲގެ ރަޙްމަތްފުޅުން ކާމިޔާބު ނުވެ އޭނާގެ ވެރިކަން ވެސް ނިމުމަކަށް އައީއެވެ.
ބޭރުގެ ނުފޫޒު ބޭނުންކޮށްގެން ކޮންމެވެސް ވަރަކަށް ދުވަހު ނަޝީދަށް އޭނާގެ މައްޗަށް ޤާނޫނު ހިންގިޔަ ނުދީ ހިފަހައްޓާލެވުނެވެ. އެހެން ނަމަވެސް އެ ނުފޫޒުން ނަޝީދަށް އަބަދަކު ހިމާޔަތެއް ނުލިބުނެވެ. ނަޝީދު ހިންގެވި ޖަރީމާއަށް ހައްގު އަދަބު ލިބިވަޑައިގެން 13 އަހަރުގެ ޖަލު ހުކުމަކާއި ކުރިމަތިލާން ޖެހުނީއެވެ.
ބޭސްފަރުވައަށް ކަމަށް ބުނެ އިނގިރޭސިވިލާތަށް ދިޔަގޮތަށް ފިލައިގެން އުޅޭ ނަޝީދު ހޭބޯނާރައި ކުރާ މަސައްކަތަކީ ދިވެހި ސަރުކާރަށް ބޭރުގެ ފަރާތްތައް ލައްވައި ޕްރެޝަރު ކުރުވުމެވެ. އެހެން ނަމަވެސް މިކަމުގައި ނަޝީދަށް ލިބުނު ކާމިޔާބެއްނެތެވެ. ނަޝީދަށް ލާދީނިއްޔަތު އުނގަންނައިދިން އިނގިރޭސިންނަށް ވެސް އޭނާ ކަމުނުގޮސްގެން އިނގިރޭސިވިލާތުން ބޭރުކޮށްލި ހިސާބުން މިހާރު އެ އުޅެނީ ލަންކާގައި ކޭމްޕް ޖަހައިގެންނެވެ.
ލަންކާގައި ކޭމްޕް ޖަހައިގެން ހުރުމުގެ ތެރޭގައި ދޭތެރެއަކުން އިންޑިޔާއަށް ގޮސް އެގައުމުގެ ބޮޑުވަޒީރާއި ބައްދަލުކުރެވޭތޯ ލައްކަ މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް އެފަކީރަށް މޯދީ އާއި ބައްދަލުކުރުމަށް އެޕޮއިންޓްމަންޓް ގަނޑެއް ވެސް ނުލިބުނެވެ.
ފިޝަރީޒް މިނިސްޓަރު ޝައިނީ ވިދާޅުވި ފަދައިން އެމްޑީޕީން ކިތަންމެ އަނގަފުޅާކޮށްގެން ތިބެ ނަޝީދަށް ކުރިމަތިލެވޭނެ އޭ ކިޔަސް އެކަމެއް އެހެން ނުވާނެއެވެ. ރާއްޖޭގެ ރައީސް ކަމަށް ގާޒީން ވަގަށް ނަގާ މީހުން އައުމަކަށް ޤާނޫނު ތަނެއް ނުދެއެވެ.
އެމްޑީޕީ އާއި އިދިކޮޅު ފަރާތްތަކުން ތިމަންނާމެންނަށް ކާމިޔާބު ލިބޭ ކަމަށް ބުންޏަސް ހަގީގަތުގައި ފެންނަނީ އެންމެ މަންޒަރެކެވެ. ފެންނަނީ ގާޒީއަކު ވަގަށް ނަގައިގެން ޖަލަށް ލެވުނު ސޮރަކު ރޭރުވާ މަންޒަރެވެ.
ފެންނަނީ ގާޒީ ވަގަށް ނެގި ސޮރު ރޭރުވާތަން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ