ސުޕްރީމް ކޯޓުން އަނެއްކާވެސް އާދަޔާއި ހިލާފު ކަމެއް ކުރައްވައިފި

ސުޕްރީމް ކޯޓުން ރޭ ކުއްލިގޮތަކަށް ނެރުނު އަމުރަކީ މިހާތަނަށް ރާއްޖޭގެ ކޯޓަކުން ނެރުނު އެންމެ ހައިރާން ކުރަނިވި ކޯޓު އަމުރެވެ. އެއަމުރުގައި ހުރި ކަންތައްތަކުގެ އާދަޔާއި ހިލާފު ކަންތައްތައް ފާހަގަ ކުރެވެމުން ދާއިރު މިއަދު ހެނދުނު އަނެއްކާވެސް ސުޕްރީމް ކޯޓުން މިވަނީ އާދަޔާއި ހިލާފު ކަމެއް ކުރައްވާފައެވެ.
ސުޕްރީމް ކޯޓުން މިވަނީ އެކޯޓުގެ ކޯޓު އަމުރެއް ފުރަތަމަ ފަހަރަށް އިނގިރޭސި ބަހުން ނެރެފައެވެ. "ރަސްމީ ތަރުޖަމާއެއް" ނޫން ކަމަށް ވިދާޅުވެ ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރު އިނގިރޭސި ބަހަށް ތަރުޖަމާ ކުރެއްވުމަށް ފަހު ސުޕްރީމް ކޯޓުން މިއަދު އާއްމު ކުރެއްވީ ކީއްވެ ކަމެއް ނޭނގެއެވެ.
ސުޕްރީމް ކޯޓުގެ އަމުރުގައި އާދަޔާއި ހިލާފު ގިނަ ކަންތައްތަކެއް ހިމެނިފައި ވީނަމަވެސް ސަރުކާރުން ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރާނެ ކަމަށާއި އަމުރު ތަންފީޒު ކުރުމަށްޓަކައި ފުރިހަމަ ކުރަން ޖެހޭ އިޖުރާޢަތުތައް މިހާރު ފުރިހަމަ ކުރަމުން ގެންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ