ގައްޒާގެ ބޯޑަރު ސަރަޙައްދުގައި އިސްރާއީލު ސިފައިން ހުކުރު ދުވަހު ހިނގި ޖަރީމާގައި ފަލަސްތީނުގެ 4 ރައްޔިތުން ޝަހީދު ކޮށްލައިފިއެވެ.
ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފައިވާ ގޮތުގައި ހުކުރު ދުވަހު އިސްރާއީލު ސިފައިން ބަޑިން ހަމާލާދީ މަރާލި މީހުންގެ ތެރޭގައި 15 އަހަރުގެ ކުޑަ ކުއްޖަކުވެސް ހިމެނެއެވެ. މީގެ އިތުރުން އިސްރައީލުގެ ހަމަލާގައި މަރުވި ފަރާތްތަކުގެ ތެރޭގައި އުމުރުން 25 އަހަރުގެ ޒުވާނަކު ވެސް ހިމެނޭކަމަށް ރިޕޯޓްތައް ބުނެއެވެ.
މަރުވި 4 މީހުންގެ އިތުރުން، ހުކުރު ދުވަހު ފަލަސްތީނުގެ ރައްޔިތުން މުޒާހަރާ ކުރުމުން އިސްރާއީލު ސިފައިން ދިން ހަމަލާތަކައި ގުޅިގެން 445 މީހުން ޒަޚަމް ވެފައިވާއިރު، މީގެ ތެރެއިން 96 މީހުންނަކީ އިސްރާއީލު ސިފައިން ބަޑިން ދިން ހަމަލާތަކުގައި ޒަޚަމްވި ފަރާތްތަކެވެ.
އިސްރާއީލުން ފޭރިގެންފައިވާ ފަލަސްތީނުގެ ބިންތައް ފަލަސްތީނުގެ ރައްޔިތުންނަށް އަނބުރާ ދިނުމަށް ގޮވާލައި ކުރަމުންދާ މުޒާހަރާތަކަށް މަހަކަށްވުރެ ގިނަދުވަސް ވެފައިވާއިރު، މި މުޒާހަރާތަކުގައި އެތައް ހާސް ބަޔަކު ޒަޚަމްވެ، ގިނަ އަދަދެއްގެ ބަޔަކު ވަނީ ޝަހީދުވެފައެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ގައްޒާގައި އިސްރާއީލު ސިފައިން ބަޑިން ހަމަލާދީ ފަލަސްތީނުގެ 4 ރައްޔިތުން ޝަހީދު ކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ