އެއްވެސް އިރެއްގައި ޖިނާއީ އެއްވެސް ކުށެއް ކުރައްވާފައި ނުވާނެކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫނު މިހެން ވިދާޅުވީ ރައީސް މައުމޫނުގެ ޓީމްގައި ހިމެނިވަޑައިގަންނަވާ އިބްރާހިމް ފައިސަލް މެދުވެރި ކުރައްވާ ދެއްވި މެސެޖެއްގައެވެ.
ރައީސް މައުމޫނާއި ބައްދަލު ކުރެއްވުމަށް ފަހު ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ "ރައީސް ކަމުގައި ހުންނެވި އިރުވެސް އަދި އޭގެ ފަހުންވެސް އެއްވެސް ޖިނާއީ ކުށެއް ކުރައްވާފައި ނުވާނެކަމަށް ރައީސް މައުމޫނު ވިދާޅުވި" ކަމުގައެވެ.Miadhu @maumoonagayoom aa bahdhaluvi hin’dhu dhivehi lobuvethi rayyithunnah emanikufaanu dhevvi msg“Allah iraadhafulhun Raees kamugaives adhi eyge fahunves jinaa’ee evves kusheh kohfaeh nuvaane. Allah ah hamdhu kuran”@maanhameed @HuShameem @yumna_maumoon— faisal_cappi (@cappi5) February 28, 2018ވަކީލުން މެދުވެރި ކުރައްވާ ރައީސް މައުމޫނު މިހެން ވިދާޅުވިރު ކުރީގެ ރިޔާސީ ގަނޑުވަރުގެ އޮޑިޓް ރިޕޯޓްގެ މައްސަލަ އޭސީސީން އަންނަނީ ތަހުގީގު ކުރަމުންނެވެ.
މީގެ އިތުރުން ޤާނޫނީ ވެރިކަން ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ރައީސް މައުމޫނު ހައްޔަރުކޮށް މިހާރު ގެންދަތީ ތަހުގީގުވެސް ކުރަމުންނެވެ.
ޖިނާއީ ކުށެއް ކުރައްވާފައި ނުވާނެކަމަށް ރައީސް މައުމޫނު ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ