އިލެކްޝަންސް ކޮމިޝަން(އީސީ)ގެ މެމްބަރު ކަމަށް ކުރިމަތި ލުމުގެ ފުރުސަތު އަލުން ހުޅުވާލައިފިއެވެ.
ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ފުރަތަމަ ހުޅުވާލީ އެ ކޮމިޝަނުގެ ރައީސްކަމުގެ މަގާމުގައި ހުންނެވި އަހުމަދު ސުލައިމާނު އިސްތިއުފާ ދެއްވިތާ 24 ގަޑިއިރު ވެސް ނުވަނީސް ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުގައެވެ. އެ ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ މަހުގެ 31 ވަނަ ދުވަހު ހުޅުވާލި ނަމަވެސް، އެކަށީގެންވާ އަދަދަކަށް އެ މަގާމަށް ބޭފުޅުން ކުރިމަތިލާފައި ނުވާތީ އަލުން ފުރުސަތު ހުޅުވާލީ ކަމަށް ރައީސް އޮފީހުން އާދީއްތަ ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވެއެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު ކަމަށް އަލަށް ހުޅުވާލި ފުރުސަތުގެ މުއްދަތު ހަމަވާނީ އަންނަ މާޗް މަހުގެ 1 ވަނަ ދުވަހުގެ 10:00 ގެ ނިޔަލަށެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އީސީގެ މެމްބަރު ކަމަށް ކުރިމަތި ލުމުގެ ފުރުސަތު އަލުން ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ