މިސަރުކާރުގައި މަތީ ތަޢުލީމަށް އާދަޔާ ޚިލާފު ހާއްސަ އަހަމިއްޔަތު ކަމެއްދޭ: އަޒުލީން އަހުމަދު

މީގެކުރީ ސަރުކާރުތަކުން ނުދޭހާ ބޮޑު އަހަމިއްޔަތުކަމެއް ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން މަތީ ތަޢުލީމަށް ދެއްވަމުން ގެންދަވާ ކަމަށް ހޯމް މިނިސްޓަރ އަޒުލީން އަހުމަދު ވިދާޅުވެއްޖެއެވެ.ޕްރައިވެޓް ހަޔަރ އެޑިއުކޭޝަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ފީމް)ގެ ޗާޓަރ އެކުލަވާލުމުގެ ސެމިނާރ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރ އަޒުލީން އަހުމަދު ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން މަތީ ތައުލީމަށް ފުރުސަތު ހޯދައިދީ އެފަދަ ކަންކަން ފަހިކުރުމަށްޓަކައި އެންމެ ފުރަތަމަ އަހަރުގެ ބަޖެޓްގައިވެސް ތިންސަތޭކަ ހަތްދިހަ އެއްމިލިއަން ރުފިޔާ ފާސްކޮށްދެއްވާފައިވާކަމަށެވެ. އަދި މިކަމުގެ ސަބަބުން ތައުލީމީ ސިޔާސަތަށް ބޮޑު ބަދަލެއް އައިތަން ފެނިގެންދިޔަކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީއީ ޕްރައިވެޓް ހަޔަރ އެޑިއުކޭޝަން އަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއްކަން ފާހަގަ ކުރައްވާ މިނިސްޓަރ ވިދާޅުވީ އަމިއްލަ ގޮތުން މަތީ ތަޢުލީމް ފޯރުކޮށްދޭ ކޮލެޖްތަކަށް އެފަރާތްތަކުން ބޭނުންވާ ލަނޑުދަނޑި އާއީ ހަމައަށް ވާސިލް ވެވޭނީ ސަރުކާރުގެ މަތީ ތަޢުލީމް ފޯރުކޮށްދޭ ފަރާތްތަކާ ގާތްގުޅުމެއް އުފެދިގެން ކަމަށެވެ.މީގެ އިތުރުން އެއް ކޮލެޖުން އަނެއް ކޮލެޖްއަށް ކޯސް ހަދަން ދިއުމުގައި ކިޔަވާ ކުދިންނަށް ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެހެންކަމުން ޕްރައިވެޓް ހަޔަރ އެޑިއުކޭޝަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ފީމް)ގެ ޗާޓަރ އެކުލަވާލުމުން މިފަދަ މައްސަލަތަކަށް ހައްލެއް ލިބިގެން ދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.ސަރުކާރުން ހަޔާރ އެޑިއުކޭޝަން އަށް ގެނައި މުޙިއްމު ބަދަލު ތަކަށް އަލި އަޅުވާލަމުން މިނިސްޓަރ ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ތަޢުލީމަށް ނުދޭހާ ބޮޑު އަހަމިއްޔަތު ކަމެއް މިސަރުކާރުން ދެމުން ގެންދާކަމަށެވެ.މިޗާޓަރ އެކުލަވާލުމުގެ މައިގަނޑު މަގުސަދަކީ ފެންވަރު ރަނގަޅު ތަޢުލީމެއް ބިނާ ކުރުމުގެ ގޮތުން އެކަމަށް ބޭނުނަވާނެ މިންގަނޑުތައް ކޮލެޖް ތަކުގެ މެދުގައި އެއްބަސްވެފަ އޮތެވެ. މި ޗާޓަރ ޑޮކިއުމެންޓަށް ކޮލެޖްތަކުގެ އިސްވެރިންގެ މެދުގައި ހިޔާލު ބަދަލު ކުރެވިގެންދާނެއެވެ. މިސެމިނާގައި ބައިވެރިވާ ކޮލެޖް ތަކުގެ ތެރޭގައި ސައިރެކްސް ކޮލެޖް، ކްލިކް ކޮލެޖް، މެޕްސް ކޮލެޖް، މައި ކޮލެޖް، އަދި އެވިޑް ކޮލެޖްގެ އިތުރުން ވިލާ ކޮލެޖްވެސް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ