ލިއުނީ: ޒިދާން މުހައްމަދު
ސީލައިފުން 203 މީހެއްގެ އަތުން ނެގި ފައިސާ ސަރުކާރުން އަނބުރާ ހޯދަން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެކޯޓުން ބަލައިގެންފިއެވެ. ސަރުކާރުން ދައުވާކޮށްފައި ވަނީ ހުޅުމާލޭގައި ފުލެޓްތަކެއް އަޅަންކަމަށްބުނެ ސީލައިފުން އެމީހުން އަތުން ނެގި ފައިސާ ހޯދުމަށެވެ.
މި މައްސަލާގައި އިސްކޮށް އުޅުއްވާ ގާނޫނީ ވަކީލު މަރިޔަމް ޝުނާނާ ވިދާޅުވީ އިއްޔެ ސިވިލް ކޯޓުން އެ މައްސަލަ ބަލައިގަނެ، ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 3000 ހައުސިންގ ޔުނިޓް އެޅުމަށް ސީލައިފްއާއި ހަވާލުކޮށް ބިންގާ އަޅާފައިވަނީ 2014 ވަނަ އަހަރުގެ އޭޕްރީލް މަހުގައެވެ. ނަމަވެސް، މިހާތަނަށް އެ މަޝްރޫއުގެ މަސައްކަތް ފަށިފައެއް ނުވެއެވެ.
ސީލައިފަށް ފައިސާ ދެއްކި ނަމަވެސް، އިމާރާތުގެ މަސައްކަތް ނުފެށި އޮތުމުން ގެއްލުން ލިބުނު ފަރާތްތަކުން ކޯޓަށް ހުށަހަޅާފައި ވަނީ އެމީހުންނަށް ގެއްލުންވީ ހައުސިން ޑެވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނާއި އިކޮނޮމިކް މިނިސްޓްރީން އަމަލުކުރި ގޮތަކުން ކަމަށްވާތީ، އެމީހުން ދެއްކި ފައިސާ ސަރުކާރުން އަނބުރާ ހޯދުމަށެވެ. ސީލައިފުން އެހުންގެ އަތުން ނަގާފައިވާ ބުކިން ފީއާއި އެޑްވާންސްގެ ގޮތުގައި 22 މިލިއަނަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދުމަށް ވަނީ ދައުވާކޮށްފައެވެ.
ސީލައިފަށް 203 މީހަކު ދެއްކި ފައިސާ ހޯދުމަށް ސަރުކާރުން ކުރި ދައުވާ ބަލައިގެންފީ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ