މަޖިލީހުގެ ގޮނޑިތަކަށް ކުރިމަތިލުމަށް ހުރިހާ ބަޔަކާ ވާހަކަ ދައްކަންވެސް ތައްޔާރު: ގާސިމް

ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތަކަށް ކުރިމަތިލުމަށް ހުރިހާ ބަޔަކާ ވާހަކަދައްކަން ޖުމްހޫރީ ޕާޓީން ތައްޔާރުވެއްޖެ ކަމަށް ޖޭޕީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް އިބްރާހިމް ދާދި ދެންމެއަކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އެމްޑީޕީއަށް ވެރިކަން ލިބުނީމާ މިފަހަރުވެސް ޖޭޕީ މަގުމައްޗަށް ނެރެ އެއްލާލީމާ ޖޭޕީއަށް މިޖެހުނީ މިފަހަރުވެސް ސަލާންޖަހަން ކަމަށެވެ.
"މަޖިލީހުގެ ގޮނޑިތަކަށް ކުރިމަތިލުމަށް ޖޭޕީއާއެކު ގުޅިގެން މަޖިލީހުގެ ގޮނޑިތަކަށް ކުރިމަތިލުމަށް ހުރިހާ ބަޔަކާ ވާހަކަދައްކަން ޖޭޕީ ތައްޔާރުވެއްޖައިން. އިންޝާﷲ" ގާސިމްގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.
މި ޓްވީޓްގެކުރިން ގާސިމް އިބްރާހިމްވަނީ، ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕާ ގުޅޭގޮތުން އެމްޑީޕީން ދެއްކި ވާހަކަތަކަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ރައްދު ދެއްވައި ޓްވީޓެއް ކުރައްވާފައެވެ.
އެ ޓްވީޓްގައި ގާސިމް ވިދާޅުވެފައިވަނީ، ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕް ރޫޅާލަފާނެ ކަމަށް އެމްޑީޕީން ބުނުމުން ހައިރާންވެވަޑައި ނުގަންނަވާ ކަމަށެވެ. އަދި ޖޮއިންޓް ޕާލަ،ެންޓްރީ ގްރޫޕް މިހާރު އެބައޮތްތޯ ސުވާލު ކުރައްވާފައި ވެއެވެ.
"ޖޭޕީޖީ އެމްޑީޕީން ރޫޅާލަފާނެ ކަމަށް ބުނީމާ ހައިރާނެއްނުވޭ. ސުވާލަކީ މިހާރު އެބައޮތްހޭ؟ އިތުރަށް ރޫޅާކަށް. މަޖިލީހަށް ހުރިހާ ގޮނޑިއަކަށް ކުރިމަތިލުމަށް އެމްޑީޕީން ނިންމީމާ އެއްބަސްވުމާއި ވައުދާއި އަހުދާ ޚިލާފްވެ އެ ނިމުނީ ނޫންތޯ؟" ގާސިމް އިބްރާހިމް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ