މޫސުން ގޯސް، ނުވަ އަތޮޅަކަށް ވައިޓް އެލާޓު ނެރެފި

ރާއްޖޭގެ މޫސުން މިދުވަސްކޮޅު ގޯސްވުމާއި ގުޅުމަށް ރާއްޖޭގެ ނުވަ އަތޮޅަކަށް ވައިޓް އެލާޓު ނެރެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ވައިޓް އެލާޓު ނެރެފައިވަނީ ނ. އަތޮޅުން ފެށިގެން ފ. އަތޮޅާ ދެމެދުގެ ރަށްތަކަށެވެ.
މެޓް އޮފީހުން ލަފާ ކޮށްފައިވާ ގޮތުގައި، މިސަރަޙައްދުތަކުގައި ހިމެނޭ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުމުގެ އިތުރުން ގަޑިއަކު 23 މޭލާއި 29 މޭލާ ދެމެދުގެ ބާރުމިނުގައި ވަިގަދަވާނެއެވެ. އަދި ކޮޅިގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާއިރު މިސަރަޙައްދު ތަކުގެ ކަނޑުތައް ވެސް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާ ކޮށްފައިވެއެވެ.
ވައިޓް އެލާޓު ނެރެފައިވަނީ މެންދުރު 11:15 އިން ހަވީރު 16:15 އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ