ރިޔާސީ އިންތިޚާބުގައި ދިވެހި ރައްޔިތުން އެމީހުންގެ ބަސް އިއްވައިފި ކަމަށާއި ދެން ބަޑިބަޑި ޖެހިޔަސް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީނަށް އިޝާރާތް ކުރައްވައި ގާސިމް އިބްރާހީމް މިހެން ވިދާޅުވީ އެމަނިކުފާނު މިއަދު ރާއްޖެ ވަޑައިގެން ޖުމުހޫރީ ޕާޓީގެ މައި ޖަގަހަ މާފަންނު ކުނޫޒުގައި ދާދި ދެންމެ ދެއްވި ނޫސް ކޮންފަރެންސެއްގަ އެވެ.
ގާސިމް ވިދާޅުވީ ރައްޔިތުންގެ ވޯޓަކީ ގައުމުގެ ހައްގުގައި އިއްވި ގައުމީ ބަހެއް ކަމަށެވެ. މިއަދު ދިވެހި ރައްޔިތުން އެވީ ގައުމަށް ޓަކައި ވީ ވަރަށް ބޮޑު ގުރުބާނީ އެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މިލިބުނު ނަސްރުގެ ހަގީގީ ޝުކުރު ހައްގުވެރީންނަކީ ރާއްޖޭގެ ލޮބުވެތި ރައްޔިތުން. ތިޔަ ރައްޔިތުންނަށް ފަށްފަށުން ޝުކުރު އަދާކުރަން." ގާސިމް ވިދާޅުވި އެވެ.
ރައްޔިތުން ގޮތް ނިންމައިފި ދެން ބަޑިބަޑިޖެހިޔަސް ކުރާނެ ކަމެއް ނޯންނާނެ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ