އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕްރައިމަރީއަކާ ނުލައި ބ. ތުޅާދޫ ދާއިރާއަށް ވާދަކުރުމަށް މުހައްމަދު އަތީފަށް ޕީޕީއެމުން މިއަދު ޓިކެޓް ދީފި އެވެ.
އަތީފަށް ޓިކެޓް ހަވާލުކުރެއްވީ ތުޅާދޫ ދާއިރާގެ އިތުރުން، އިތުރު ތޭރަ ދާއިރާއަކުން ވާދަކުރާ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުމަށް އެ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.
އަތީފް ވަނީ ފުލުހުންގެ ވަޒީފާގައި ނުވަ އަހަރު ދުވަހު ޚިދުމަތް ކުރައްވާފަ އެވެ. އޭނާ ވަނީ ފުލުހުންގެ މީޑިއާ އޮފިޝަލްގެ މަގާމު ވެސް ގިނަ ދުވަސްތަކެއް ވަންދެން ފުރުއްވާފަ އެވެ. ފުލުހުންގެ ވަޒީފާ އިން ވަކިވި ފަހުން އަތީފް ވަނީ ވަގުތު ނޫހުގެ ޗީފް އޮޕަރޭޓިން އޮފިސަރުގެ މަގާމު ވެސް ފުރުއްވާފައެވެ.
މިދިޔަ ރިޔާސީ އިންތިޚާބުގައި އަތީފުވަނީ ޕީޕީއެމްގެ ފަރާތުން ރައީސް ޔާމީންގެ ކެންޕެއިންގައި އިސްކޮށް ހަރަކާތްތެރިވެ، ޕީޕީއެމްގެ ހަރަކާތްތަކުންވެސް ފެނިގެން ގޮސްފައެވެ.
އަތީފަށް ޕީޕީއެމް އިން ތުޅާދޫ ދާއިރާގެ ޓިކެޓް ދިންއިރު، ކުރިން ވަނީ ޕީޕީއެމުން ޕްރައިމަރީއަކާ ނުލައި، އޭދަފުށީ ދާއިރާގެ ޓިކެޓް އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) އަށް ވެސް ދީފަ އެވެ.
އަތީފަށް ތުޅާދޫ ދާއިރާގެ ޕީޕީއެމްގެ ޓިކެޓް ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ