އައްޑޫ ކަރަންޓު މައްސަލަ ހައްލުކުރަން ފެނަކަ އިސްވެރިއަކު ކޮމިޓީއަށް

އައްޑޫ ކަރަންޓު މައްސަލަ ހައްލުނުވެ ދިގުލައިގެންދާ މައްސަލާގައި ފެނަކަ ކޯޕަރޭޝަނުގެ އިސްވެރިއަކު ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ހާޒިރު ކުރަން ނިންމައިފިއެވެ.
މިއަދު އޮތް ކޮމިޓި ބައްދަލުވުމުގައި މި ހުށަހެޅުން ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދެވެ.
ކޮމިޓިގައި ހިމެނިވަޑައިގަންނަވާ ދާންދޫ ދާއިރާގެ މެމްބަރު އަހްމަދު އައްސަދު ވިދާޅުވީ ފެނަކަ ކޯޕަރޭޝަނުގެ އެމްޑީ ނުވަތަ އިސްބޭފުޅަކު ހާޒިރު ކުރަނީ އައްޑު ކަރަންޓު މައްސަލައާއި ގުޅިގެން ކޮމިޓީގައި އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ހޯދުމަށް ކަމަށެވެ.
"އަޅުގަނޑުމެން ސާފު ކުރަން ބޭނުންވޭ ކަރަންޓުގެ މައްސަލަ ދިމާވަނީ އައްޑޫއަށް އިތުރު އިންޖީނެއްް ގެންގޮސްގެންތޯ؟ ނުވަތަ ކިހިނެއް ވެގެން ހިނގާ ކަމެއްތޯ؟ އެއީ" އައްސަދު ވިދާޅުވިއެވެ.
އައްޑޫގައި ދޭތެރެ ދޭތެރެއިން ކަރަންޓު ކެނޑެމުންދެއެވެ. އެގޮތުން ރިޔާސީ އިންތިހާބުގެ ވޯޓްލަމުން ދަނިކޮށް އިންޖީނު ފެއިލްވެ އައްޑޫގެ ހަތަރު ރަށަކުންވެސް ވަނީ ކަރަންޓު ކެނޑިގެން ގޮސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ