އެމް.ޑީ.ޕޑީ އުނގޫފާރު ދާއިރާގެ ޕްރައިމަރީ – ހުސައިން ޝިހާމް ފޯމް ހުށައަޅައިފި

އަންނަ މާޗް މަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ، އެމްޑީޕީގެ ޓިކެޓް ދިނުމަށް އުނގޫފާރު ދާއިރާގައި ބާއްވާ ޕްރައިމަރީގައި ބައިވެރިވާން ހުސައިން ޝިހާމް  މިއަދު ފޯމު ހުށައަޅައިފިއެވެ.
ބާރީ ޕްރައިމަރީގައި ވާދަކުރުމަށް ބޭނުންވާ 200 މީހުންގެ ސޮޔާއެކު ފޯމުހުށައެޅީ މިއަދު ހެނދު 10:45 ހާއިރު އެވެ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ އެސިސްޓެންޓް ޑިރެކްޓަރ ގެ މަޤާމްގައި ހުންނެވި ހުސައިން ޝިހާމް އަކި އުނގޫފާރު ދާއިރާގެ އެމް.ޑީ.ޕީގެ ޕްރައިމަރީގައި ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ފޯމު ހުށައެޅި 3 ވަނަ ކެނޑިޑޭޓެވެ.
Rayyithunge Majlis 2019 MDP Primary ga R.Ungoofaaru Dhaaira ah vaadha kurevvumah Hussain Shiham @MDPSecretariat ah Form husha’alhuvvaifi pic.twitter.com/prAjOg5KBy
— MDP Secretariat (@MDPSecretariat) December 16, 2018
 
00 ޓެގްރައްޔިތުންގެ މަޖިލިސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ