ދިއްގަރު ދާއިރާގެ އިންތިހާބަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލައިފި

ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ދިއްގަރު ދާއިރާގެ ބައިލެކްޝަންގައި ރަށްވެހި ވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓު ލާން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީ ވުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން އިއްޔެ ހުޅުވާލައިފިއެވެ.
މިކަން އެންގުމަށް އިއްޔެ ކޮޮމިޝަނުން ނެރުނު އިއުލާނުގައި ވާ ގޮތުން އަންނަ ހަފްތާގެ ބުރާސްފަތި ދުވަހާ ހަމައަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު އޮންނާނެއެނެ. ރަޖިސްޓްރީ ވުމަށް އެދޭ ފޯމް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ހަވީރު 3:00 އަށް އެ ކޮމިޝަންގެ އިދާރާ އާއި ދިއްގަރު ދާއިރާގައި ހިމެނޭ ރަށްރަށުގެ ކައުންސިލް އިދާރާތަކުން ބަލައިގަންނާނެ ކަމަށް އިއުލާނުގައިވެއެވެ.
ދިއްގަރު ދާއިރާގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހެވެ.
މިއިންތިހާބުގައި ވާދަ ކުރާ 4 ކެނޑިޑޭޓުން ނަކީ ވެރިކަން ކުރާ ޕީޕީއެމްގެ ފަރާތުން އަހުމަދު ފާރިިޝް މައުމޫނާއި އިދިކޮޅު އެމްޑީޕީގެ އަހުމަދު ރާޒީގެ އިތުރުން، އަމިއްލަ ގޮތުން ވާދަކުރައްވާ ދެ ބޭފުޅުން ކަމަށްވާ އެލްޖީއޭގެ ނައިބު ރައީސް މޫސާ ނަސީރު އަހުމަދު އަދި ޝަމީމް އަލީ އެވެ.
ދިއްގަރު ދާއިރާގެ ގޮނޑި ހުސްވެފައިވަނީ  އެ ދާއިރާގެ މެމްބަރު އަހުމަދު ނާޒިމްގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ކުށް ސާބިތުވެ 25 އަހަރަށް ޖަލަށް ލާން ސުޕްރީމް ކޯޓުން މިދިޔަ މަހު ހުކުމްކުރުުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ