ޔޫޕީއާރުގައި މެމްބަރު ޤައުމުތަކުން ހުށަހެޅި 258 ލަފާގެ ތެރެއިން 132 ލަފާ ރާއްޖެއިން ބަލައިގެންފި

ޔުނިވަރސަލް ޕީރިއޮޑިކް ރިވިއުގައި މެންބަރު ޤައުމުތަކުން ހުށަހެޅި 258 ލަފާ (ރެކޮމެންޑޭޝަން)ގެ ތެރެއިން 132 ލަފާ ދިވެހިރާއްޖެއިން ބަލައިގަންފިއެވެ.
މިއަދު ރާއްޖެ ގަޑިން އިރުއޮއްސި 6 ޖަހާކަންހާއިރު ޖެނީވާގައި ކުރިއަށްދިޔަ ޔޫޕީއާރުގެ ރިޕޯޓް އެޑޮޕްޝަން ބައްދަލުވުމުގައި ރާއްޖޭގެ ވަފްދުގެ ފަރާތުން ވިދާޅުވެފައިވަނީ މިރިވިއުގައި މެމްބަރު ޤައުމުތަކުން ހުށަހެޅި ޖުމްލަ 258 ލަފާގެ ތެރެއިން 132 ލަފާ ދިވެހި ދައުލަތުގެ ފަރާތުން ޤަބޫލުކޮށް ބަލައިގަންނަ ކަމަށެވެ.
އަދި ދިވެހި ވަފްދުގެ ފަރާތުން އިތުރަށް ވިދާޅުވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާ ތަޢާރުޒުވާތީ 49 ލަފާ ދިވެހި ދައުލަތުގެ ފަރާތުން ބަލައިނުގަންނަ ކަމަށާއި ބާކީ 77 ލަފާއަކީ ދިވެހި ސަރުކާރުން އިތުރަށް މަޝްވަރާ ކުރުމަށްފަހު ގޮތެއް ނިންމާނެ ލަފާތަކެއް ކަމަށެވެ.
އަދި މި 77 ލަފާއަށް ނިންމާ ގޮތެއް އދ ގެ އިންސާނީ ހައްޤުތަކާ ބެހޭ ކައުންސިލްގެ 30 ވަނަ ދަންފަޅީގައި ދިވެހިރާއްޖެއިން ރިޕޯޓުކުރާނެ ކަމަށްވެސް މިބައްދަލުވުމުގައި ދިވެހި ވަފްދުގެ ފަރާތުން ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ