މިނިވަން 50 ފާހަގަކުރަން ސަރުކާރުން ހިންގާ ހަރާކާތްތަކުގައި ބައިވެރި ނުވުމަށް ކަނޑައަޅައި އދ. އަތޮޅު ކައުންސިލުން ފާސްކުރި ޤަރާރު ހަފްތާއެއްގެ ތެރޭގައި ބާތިލް ކޮށް އެކަމަށް މަޢާފަށް ނޭދިއްޖެ ނަމަ އެ ކައުންސިލް އުވާލުމުގެ މައްސަލަ ހައިކޯޓަށް ހުށަހަޅުއްވާނެ ކަމުގެ އިންޒާރު ހޯމް މިނިސްޓަރު އަދި ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ރައީސް އުމަރު ނަސީރު ދެއްވައިފި އެވެ.
މިނިސްޓަރ އދ އަތޮޅު ކައުންސިލަށް މިއިންސާރު ދެއްވާފައި ވަނީ ކައުންސިލަށް ފޮނުވި ސިޓީއެއްގައެވެ. ސިޓީގައި އުމަރު ވިދާޅުވެފައި ވަނީ ާނޫނުއަސާސީގައި ކަނޑައަޅާފައިވާ އިމުން ބޭރު އަދި ލާމަރުކަޒީ ގާނޫނާއި ވެސް ހިލާފު ނިންމުމެއް ކަމަށެވެ.
އދ.ކައުންސިލުން ފާސްކޮށްފައިވާ ޤަރާރުގައި ބުނެފައި އޮންނަނީ މިނިވަން 50 ފާހަގަކުރަން ރާއްޖޭގައި މިނިވަން މާހައުލެއް ނެތް ކަމަށާއި އެފަދަ މާހައުލެއް ނެތްއިރު، މިނިވަން 50 ފާހަގަކުރަން ކުރިއަށް ގެންދާ ހަރަކާތްތަކުގައި އެ ކައުންސިލުން ބައިވެރިނުވާނެ ކަމަށެވެ. މިޤަރާރު ފާސްކޮށްފައި ވަނީ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ ހަތަރު މެންބަރުންގެ ވޯޓުންނެވެ. އދ.ކައުންސިލްގައި ޖުމްލަ ހިމެނިވަޑައިގަންނަވަނީ ހަތްމެންބަރުންނެވެ.
އުމަރުގެ ސިޓީގައި ވިދާޅުވެފައި ވަނީ ކައުންސިލްގެ ނިންމުމަށް ބަދަލު ނުގެންނަވައިފި ނަމަ "އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 66 ވަނަ މާއްދާގެ ދަށުން ތިޔަ ކައުންސިލް ރޫޅާލުމަށްޓަކައި އެލްޖީއޭ މެދުވެރިކޮށް ދިވެހި ރާއްޖޭގެ ހައި ކޯޓަށް މައްސަ ފޮނުވާނެ ކަން އެންގީމެވެ."
ސިޓީގައި އުމަރު އިތުރަށް ވިދާޅުވީ މުޅި ރާއްޖޭގެ އެއްވެސް ކަމެއްގެ ހާލަތު ވަޒަންކޮށް އެކަންކަމުގެ މައްޗަށް ރައުޔެއް ނެރުމުގެ ގާނޫނީ ހައިސިއްޔަތެއް އދ.އަތޮޅު ކައުންސިލަށް ލިބިގެން ނުވާކަމަށެވެ.
އދ.އަތޮޅު ކައުންސިލް އުވާލުމުގެ މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމުގެ އިންޒާރު އުމަރު ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ