އެޗްއާރުސީއެމްގެ މައްޗަށް ސުޕްރީމް ކޯޓުން ކުރި ހުކުމަކީ ބަދަލު ހިފުމުގެ އަމަލެއް - އދ

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް ( އެޗްއާރްސީއެމް) އިން އދ. އަށް މައުލޫމާތު ދިނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި، އެކޮމިޝަނުގެ މައްޗަށް މިދިޔަ އަންގާރަ ދުވަހު ސުޕްރީމް ކޯޓުން އިއްވި ހުކުމަކީ އެކޮމިޝަނުގެ ކިބައިން ބަދަލު ހިފުމުގެ ގޮތުން އިއްވި ހުކުމެއް ކަމަށް އދ. އިން ބުނެފިއެވެ.
އެޗްއާރުސީއެމްގެ މައްޗަށް ކުރި ހުކުމާ މެދު އަލުން ވިސްނަވާލެއްވުމަށް އދ ގެ ފަރާފުން ގޮވާލައްވައި،  ޔޫއެން ސްޕެޝަން ރެޕަޓުއާ އޮން ދަ އިންޑިޕެންޑެންސް އޮފް ޖަޖަސް އެންޑް ލޯޔާސް ގަބްރިއެލާ ނައުލް އާއި ސްޕެޝަލް ރެޕަޓުއާ އޮން ދަ ސިޗުއޭޝަން އޮފް ހިއުމަން ރައިޓްސް ޑިފެންޑާސް މިޝޭލް ފޯސްޓު ވިދާޅުވީ ޕްރީމް ކޯޓުގެ އެހުކުމަކީ އެޗްއާރުސީއެމްގެ މިނިވަންކަމަށް ހުރަސް އަޅައި، ކުރަންޖެހޭ މަސައްކަތްތަކަށް ހުރަސް އެޅުމުގެ ގޮތުން އިއްވި ހުކުމެއް ކަމަށެވެ.
އަދި އެހުކުމަކީ، އދ. ގެ އިންސާނީ ހައްގުތައް ހިމާޔަތް ކުރުމުގެ ނިޒާމަށް، ގާނޫނުން ހުއްދަ ކުރާ އެއްބާރުލުން އެކޮމިޝަނުން ދެމުން އަންނާތީވެ، ބަދަލު ހިފުމުގެ ގޮތުން ކުރި ހުކުމެއް ކަމަށްވެސް އެ ދެބޭފުޅުން ވިދާޅުވެފައިވެއެވެ.
މިދިޔަ އަންގާރަ ދުވަހު އެޗްއާރުސީއެމްގެ މައްޗަށް ސުޕްރީމް ކޯޓުން ކުރި ހުކުމުގައި އެކޯޓުން ވަނީ އެޗްއާރްސީއެމްގެ މެމްބަރުން އަމަލުކުރާނެ 11 ނުކުތާއެއް ހިމެނޭ ގައިޑްލައިނެއް ކަނޑައަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ