އަބްދުﷲ ގާޒީގެ މައްސަލައިގައި ހައިކޯޓުން ނެރުނު ހުކުމާއި ދެކޮޅަށް ސުޕްރީމް ކޯޓަށް ދާނަން: އަލްހާނު

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ފުލުސް އޮފީހަށް ހާޒިރުވާން ފޮނުވި ޗިޓް ހައިކޯޓުން ބާތިލުކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރައްވާނެ ކަމަށް އެމްޑީޕީގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު އަލްހަނު ފަހްމީ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ "ތިޔަހެނެއް ނުކިޔޭނެ" ކެމްޕޭންގެ ރޭ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަލްހާނު ވިދާޅުވީ ހައިކޯޓުން ކޮށްފައިވާ ހުކުމާއި ދެކޮޅަށް އަންނަ އާދިއްތަ ދުވަހު ސުޕްރީމް ކޯޓުން މައްސަލަ ހުށަހަޅުއްވާނެ ކަމަށެވެ.
"އަބްދުﷲ ގާޒީ ފުލުސް އޮފީހަށް ހާޒިރުވުމަށް ފޮނުވުނު ޗިޓަކާއި ގުޅިގެން ހައިކޯޓުން އެ ޗިޓަށް ހާޒިރުވުން ހުއްޓުވާ އަނެއްކާ އެއާ ބެހޭ ގޮތުން ދަންވަރު ހޭލާތިބެ މި ގަތްގަނޑަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދި އަޅުގަނޑު އާދިއްތަ ދުވަހު މައްސަލައެއް ހުށަހަޅާނަން،'' އަލްހާނު ވިދާޅުވި އެވެ.
މި މައްސަލަ ހުށަހަޅާއިރު އެމްޑޕީގެ މެންބަރުން ސުޕްރީމް ކޯޓަށް ދިއުމަށް ވެސް އަލްހާނުވަނީ ގޮވާލައްވާފަ އެވެ.
"އަޅުގަނޑު ބޭނުން އަޅުގަނޑާއެކީގައި ސުޕްރީމް ކޯޓް ދޮށަށް ދާން. އަޅުގަނޑުމެން ސުޕްރީމް ކޯޓު ދޮށުން ނައްޓާލާނީ ހޭލާ ތިބެގެން އަޅުގަނޑުމެން ހުށަހަޅާ މައްސަލައެއް އިންސާފުވެރި ހުކުމެއް އަޅުގަނޑުމެނާ ހަވާލު ކުރީމަ،'' އެނާ ވިދާޅުވި އެވެ.
ގާނޫނީ ވަކީލު އަލްހާނު ވިދާޅުވީ ފުލުސް އޮފީހަށް ގާޒީއަކު ހާޒިރު ނުކުރެވޭނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައިނުވާ ކަމަށާއި ފުލުސް އޮފީހަށް މީހަކު ހާޒިރު ކުރުމަކީ ހައްޔަރުކުރުން ނޫން ކަމަށެވެ.
"ގާނޫނަކު ނުބުނޭ ފަނޑިޔާރަކު ފުލުސް އޮފީހަށް ހާޒިރުވުމަށް ނުވަތަ ރައްޔިތުން މަޖިލީހަށް ހާޒިރުވުމަށް އެންގުމަކީ މަނާ ކަމެއް ކަމަކަށް، ފަނޑިޔާރަކު ބަންދުކުރި ކަމަށްވާނީ ފަނޑިޔާރަކު ނަގައިގަނެގެން ފުލުސް އޮފީހަށް ވައްދާ އޭނާ ކައިރި ތިހިރީ ބަންދުކުރެވިފައޭ ބުނެ ޗިޓަކުން ލިޔެ އަންގާ، އެ މައްސައްކަތުގައި ގާނޫނީ އިޖްރާއަތުގެ ތެރެއިން ނިންމީމަ.'' އެނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ