ރާއްޖޭގެ އެކި ސަރަހައްދު ތަކަށް މޫސުން ގޯސްވެއްޖެ

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މޫސުން ގޯސްވުމުގެ ސަބަބުން ފަސް އަތޮޅަށް މޫސުމާ ބެހޭ އިދާރާ (މެޓް) އިން ރީނދޫ ސަމާލު ނެރެފިއެވެ.މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ޔެލޯ އެލާޓް ނެރެފައިވާ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި ބާރަށް ގުގުރާނެކަމަށް ލަފާކުރެވޭކަމަށެވެ.އެ އިދާރާއިން އެންމެފަހުން އާއްމުކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، ކުރިއަށްއޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ކެރީގެ އަސަރު ފޯރާނެކަމަށާއި، ގުގުރުން އެކަށީގެންވެއެވެ. ވަކިން ޚާއްސަކޮށް ދެކުނުގެ ބައެއް އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. މެޓް އޮފީހުން ވަނީ ޢީދު ބަންދާ ދިމާކޮށް އަތޮޅުތަކަށް ދަތުރު ކުރާ ފަރާތްތަކުން ވެސް މޫސުމަށް ބަލައިގެން އެ ދަތުރުތައް ރޭވުމަށް އިލްތިމާސް ކޮށްފައެވެ.ފިތުރު އީދު ދުވަހަކީ އަންނަ ހޯމަ ދުވަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ