މިއަދު ހެނދުނު ގާތްގަނޑަކަށް 9:15 ހާއިރު އިންޖީނެއްގައި އަލިފާން ރޯވެ، ކުޅުދުއްފުށި ސިޓީން ކަރަންޓް ކެނޑިއްޖެއެވެ.
ރޯވެފައި ވަނީ، 1.2 މެގަވޯޓްގެ އިންޖީނެއްގައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މުޅި އެ ސިޓީން ކަރަންޓް ކެނޑިފައި ވަނީ، އެ އިންޖީނުގައި ހުޅު ހިފިކަން އެނގުނު ހިސާބުން، އިންޖީނު ގޭގައި ހުރި ހުރިހާ އިންޖީނެއް ނިންވާލަން ޖެހުމުންނެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާއިރު، މާގިނަ އިރުތަކެއް ނުވެ ރޯވި ހުޅުގަނޑު ނިއްވާލާފައި ވެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފު ނުވާއިރު، ރާއްޖޭގައި މިފަހަކަށް އައިސް އަލިފާނުގެ ހާދިސާތައް ހިނގާ މިންވަރު އިތުރެވެ.
ކުޅުދުއްފުށީގައި ކަރަންޓްގެ ޚިދުމަތް ދެމުން އަންނަ، ފެނަކަ ކޯޕަރޭޝަންގެ އޮފިޝަލަކު ވިދާލުވީ، އިންޖީނުގައި ހުޅު ހިފިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އަލިފާންގަނޑު ނިންވާލާފައިވާ ކަމަށެވެ. 
ފެނަކައިން ބުނީ އެ ސިޓީއަށް އަލުން ކަރަންޓް ދިނުމަށް ކުރަންޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށެވެ.
    
    އިންޖީނެއްގައި ރޯވެ، މުޅި ކުޅުދުއްފުށިން ކަރަންޓް ކެނޑިއްޖެ
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
             
            