އިންޓަރ ސްކޫލް ބާސްކެޓް މުބާރާތް ނިމިއްޖެ

މައިލޯ އިންޓަރ ސްކޫލް ނަވާރަ ވަނަ ބާސްކެޓްބޯޅަ މުބާރާތް ނިމިއްޖެއެވެ. 
މުބާރާތުގެ 12 އަހަރުން ދަށުގެ ފިރިހެން އަދި އަންހެން ކުދިންގެ ބައިންވެސް ޗެމްޕިއަންކަން ހޯދީ ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލެވެ. ފިރިހެން ޓީމް ފައިނަލްގައި ވާދަކުރީ ކަލާފާން ސްކޫލާއެވެ. އަންހެން ޓީމް ފައިނަލްގައި ވާދަކުރީ އިސްކަންދަރު ސްކޫލާއެވެ. 
14 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން ޗެމްޕިއަންކަން ހޯދީ މަޖީދިއްޔާ ސްކޫލެވެ. އެއީ ފައިނަލްގައި ގޭޓްވޭ އިންޓަރނޭޝަނަލް ސްކޫލް ބަލިކޮށްގެންނެވެ. 
16 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިންނާއި، 14 އަހަރުން ދަށާއީ، 16 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިން ޗެމްޕިއަންކަން ހޯދީ އިމާދުއްދީން ސްކޫލެވެ. 16 އަހަރުން ދަށުގެ ފިރިހެން ބައިގެ ދެވަނަ ހޯދީ މަޖީދިއްޔާ ސްކޫލެވެ. އަދި 14 އަހަރުން ދަށުގެ އަންހެން ބައިގެ ދެވަނަ ހޯދީ ކަލާފާން ސްކޫލެވެ. 16 އަހަރުން ދަށުގެ އަންހެން ބައިގެ ފައިނަލްގައި އިމާދުއްދީން ސްކޫލް ވާދަކުރީ އަމީނިއްޔާ ސްކޫލާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ