"ޝަހީދު އާދަމް ހަލީމްގެ ހަނދާނުގައި" ބާއްވާ 3 ވަނަ ގުރުއާން ކިޔެވުމުގެ މުބާރާތް މިއަދު ކ. ކާށިދޫގައި ފަށައިފިއެވެ.
ކާށިދޫ ދާއިރާގެ އިއްޒަތްތެރި މަޖިލީސް މެމްބަރުގެ އިސްނެންގެވުމާއެކު ކުރިއަށްދާ މި މުބާރާތް ކުރިއަށްގެންދަނީ ދެ ރަށެއްގައެވެ. އެއީ ކާށިދޫއާއި ގާފަރުގައެވެ.
މި މުބާރާތުގައި ކާށިދޫއިން 82 ބައިވެރިން ބައިވެެރިވެފައިވާއިރު، ގާފަރުން 121 ބައިވެރިޔަކު ވަނީ ބައިވެރިވެފައެވެ.
މިއަދާއި މާދަމާ ކުރިއަށް ގެންދާ މި މުބާރަތާއި ގުޅޭގޮތުން "ވަގުތަށް" މައުލޫމާތުދެއްވަމުން ކ. އަތޮޅު ކައުންސިލަރ އިބްރާހިމް ޝަރީފް ވިދާޅުވީ ޝަހީދު އާދަމް ހަލީމްގެ ހަނދާނުގައި ކުރިއަށް ގެންދާ މި މުބާރާތުގެ މައިގަނޑު މަގްސަދަކީ ބައިވެރިންގެ ހިތްތަކުގައި ގުރުއާންނުގެ އިލްމް އަށަގެންނެވުންކަމަށެވެ.
ޝަރީފް ވިދާޅުވީ މި މުބާރާތުގެ 1 ވަނަ އަށްދާ ބައިވެރިޔަކަށް އުމްރާ ދަތުރެއް ލިބޭނެކަމަށާއި، މިއީ ފައިސަލް ފައުންޑޭޝަންގެ ފަރާތުން މި ދާއިރާގައި ބާއްވާ 3 ވަނަ މުބާރާތްކަމަށެވެ.
ޕޮލިސް ސާޖަންޓް އާދަމް ހަލީމްގެ ހަނދާނުގައި ކުރިއަށްދާ މި މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނާނީ މި ރޯދަމަސްތެރޭގައެވެ.
ޝަހީދު އާދަމް ހަލީމްގެ ހަނދާނުގައި ބާއްވާ ގުރުއާން މުބާރާތް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ