އަމީންގެ މައްސަލަ ޖޭޕީން ބަލާނެ - ގާސިމް

ޖުމްހޫރީ ޕާޓީއަށް ނޭނގި، އެ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހިމް ކަންތައްތަކެއް ކުރަމުންދާތީ، އޭނާގެ މައްސަލަ ބަލާނެ ކަމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިދިކޮޅު ފަރާތްތަކަން ހިންގާ ބައެއް ހަރަކާތްތަކުގައި އަމީން ބައިވެރިވެ ފޮޓޯ ނެގުމަކީ، ޖޭޕީގެ ނިންމުމެއް ނޫން ކަމަށެވެ.
އަދި މިދިޔަ އަހަރުގެ މެއި މަހު ބޭއްވި މޭޑޭ މުޒާހަރާގައި ބައިވެރިވުމާއި އަދި އޭގެފަހުން އަމީން ކުރެއްވި އެއްވެސް ކަމަކީ ޖޭޕީއަށް އެނގިގެން ކޮށްފައިވާ ކަންކަމަށް ނުވާތީ، އެ މައްސަލަ ބަލާނެ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
މީގެއިތުރުން ގާސިމް ވަނީ، އިދިކޮޅު އިއްތިހާދަށް އޭނާ ތާއީދުކުރައްވާ ކަމަށް ބުނެ ސޯޝަލް މީޑިޔާގައި ފަތުރަމުންދަނީ ދޮގު ވާހަކަތެއް ކަމަށްވެސް ވިދާޅުވެފައެވެ.
އިނގިރޭސިވިލާތުގައި މިހާރު ދިރިއުޅުއްވަމުން ގެންދަވާ އަމީންއަކީ، އިދިކޮޅު ފަރާތްތަކުން ހިންގާ ހަރަކާތްތަކުގެ އިސް ސަފުގައި ހިމެނިވަޑައިގަންނަވާ ފަރާތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ