ބޭންކް އޮފް މޯލްޑިވްސް އިން މަޝްހޫރު ފިލްމީތަރި ޔޫސުފް ޝަފީޢު (ޔޫއްޕެ) އަށް ދޫކޮށްފައިވާ ކްރެޑިޓް ކާޑަށް ދައްކަން ޖެހޭ ފައިސާ އާއި ފައިސާ ނުދެއްކުމުން އަރަމުންދާ އިންޓަރެސްޓާއި ޖޫރިމަނާ އަދި ޔޫއްޕެ ކްރެޑިޓް ކާޑަށް ފައިސާ ނުދެއްކުމުން ބޭންކުން ކުރަން ޖެހުނު ޚަރަދު ދެއްކުމަށް ޔޫއްޕެގެ މައްޗަށް ސިވިލް ކޯޓުން ޙުކުމް ކޮށްފިއެވެ.
ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމުގައި ބުނެފައި ވަނީ ބީއެމްއެލް އިން ޔޫއްޕެ އަށް ދޫކޮށްފައިވާ ވިސާ ކްރެޑިޓް ކާޑު ބޭނުންކޮށްފައިވާއިރު ކާޑު މެންބަރުގެ މާއްދާތަކާއި ޝަރުތުތަކާއި އަދި މިކާޑުގެ "ޝެޑިއުލް އޮފް ޗާޖަސް" ގައިވާ ގޮތުގެ މަތިން ބޭންކަށް ފައިސާ ދެއްކިފައިނުވާކަމަށް ޔޫއްޕެ އެއްބަސްވެފައިވާ ކަމަށެވެ.
މިކާޑުގެ މުޢާމަލާތާއި ގުޅިގެން ދައްކަން ޖެހޭ ފައިސާ އެއްބަސްވެފައިވާ ގޮތައް ނުދެއްކުމުގެ ސަބަބުން 04 އޮކްޓޯބަރ 2016 ދުވަހުގެ ނިޔަލަށް 699.15 އެމެރިކާ ޑޮލަރު (10780.9 ރުފިޔާ) ދައްކަންޖެހި ނުދެއްކިވާކަން ދެފަރާތުގެ ބަހުން އެގެން އޮތުމުން މިފައިސާ އާއި މިމުޢާމަލާތާއި ގުޅިގެން އިތުރަށް އަރަމުންދާ އިންޓަރެސްޓާއި ޖޫރިމަނާ އާއެކު މިފައިސާ ދެފަރާތުން އެއްބަސްވި ގޮތައް މިމަހުގެ 05 ވަނަ ދުވަހުން ފެށިގެން ހަމަސް ދުވަހުގެ ތެރޭގައި ކޮންމެ މަހަކު ވެސް އެމަހަކަށް ޖެހޭވަރަށްވުރެ މަދު ނޫން އަދަދެއް ބީއެމްއެލް އަށް ދައްކައި ހަލާސްކުރުމަށް ޔޫއްޕެގެ މައްޗަށް އަންގައި ޙުކުމް ކުރާ ކަމަށް ސިވިލް ކޯޓުގެ ޙުކުމުގައި ވެއެވެ.
ކްރެޑިޓް ކާޑަށް ފައިސާ ދައްކަން ޔޫއްޕެގެ މައްޗަށް ކޯޓުން ޙުކުމް ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ