ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީ ބާއްވާނެ މުއްދަތެއް މައުމޫން ކަނޑައަޅުއްވައިފި

ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީ ބޭއްވުމާ މެދު ގޮތެއް ނިންމަން އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޕާޓީގެ ގައުމީ ޖަލްސާއެއް ބާއްވަން ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ނިންމަވައި, އިސްލާހީ އެޖެންޑާގެ ތާވަލްކޮށްފިއެވެ.
ޕީޕީއެމްގެ އޮފީހުން މިއަދު އާންމު ކުރި އެ އިސްލާހީ އެޖެންޑާ ވަނީ ފަސް ފިޔަވައްސަކަށް ބަހާލައިފައެވެ. ޕީޕީއެމްގެ އޮފީހުން މިއަދު އާންމު ކުރި، އިސްލާހީ އެޖެންޑާގެ ޓައިމްލައިންގައިވާ ފިޔަވަހި ހަތަރެއްގައި ވާގޮތުން އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޕާޓީގެ ގައުމީ ޖަލްސާއެއް ބާއްވުމަށް ވަނީ ހިމަނާފައެވެ.
އެ ޖަލްސާ ބޭއްވުމަށް ހަަމަޖެހިފައި ވަނީ ދެ ކަމަކާްއި ގުޅިގެންނެވެ. އެއީ ޕާޓީގެ ޑިމޮކްރަސީ ޑެފިސިޓް ނައްތާލުމަށް އަސާސީ ގަވާއިދަށް ގެންނަންޖެހޭ އިސްލާހުތައް ފާސްކުރުން ރިޔާސީ ޕްރިމަރީއާއި މެދު ގޮތެއް ނިންމުމެވެ.
ރިޔާސީ ޕްރިމަރީއެއް ބާއްވަން ގައުމީ ޖަލްސާއިން ފާސްކޮށްފިނަމަ، ޖެނުއަރީ 2018 ގައި ޕްރައިމަރީ ކެމްޕެއިން ބާއްވާނެއެވެ. އަދި ޕީޕީއެމްގެ ޕްރައިމަރީ ފަށާގޮތަށް އެ އިސްލާހުގައި ހިމަނާފައިވަނީ ފެބްރުއަރީ 2018 ގައެވެ.
އެ ޓައިމްލައިންގައި ވާގޮތުން މިމަހުގެ 1 ވަަނަ ދުވަހު 4 ވަަނަ ފިޔަވަހީގެ މަސައްކަތް މިހާރު ފެށިފައިވާއިރު، އެ ފިޔަވަހި ނިންމުމަށް ކަނޑައަޅާފައި ތާރީހަކީ އަންނަ އަހަރުގެ މެއި މަހުގެ 31 ވަަނަ ދުވަހެވެ. އެ ފިޔަވަހީގެ މައިގަނޑު މަގްސަދަކީ "ޕާޓީގެ ޓިކެޓުގައި އިންތިހާބުވެފައިވާ ފަރާތްތަކުގެ ގައުމީ ވާޖިބުތަކާއި މަސްއޫލިއްުޔަތުތައް އަދާކުރުން ކަށަވަރުކުރުން" ހިމެނެއެވެ.
އެ ފިޔަވަހީގައި ވާގޮތުން 3 ކަމެއް ޕާޓީގެ މައިގަނޑު ހަރަކާތްތަކުގެ ތެރޭގައި ވަނީ ހިމަނާފައެވެ.
އެ ތިންކަމަކީ
ޕާޓީ އިސްލާހު ކުރުމުގުގެ މަގުސަދުތައް
ޕާޓީ އިސްލާހުކުރުމުގެ ތަސައްަވުރުގައި ކަނޑައަޅާފައި ވަނީ ޕީޕީއެމް އަކީ ޕާޓީގެ އަސާސީ ގަވާއިދަށާއި ޕާޓީގެ މައިގަނޑު އުސޫލުތަކަށް އިހްތިރާމްކުރާ ކޮރަޕްޝަންގެ ވަބާއިން ސަލާމަތްވެފައިވާ ދިވެހިރައްޔިތުންގެ ލާބަޔާ މަންފާއަށް މަސައްކަތް ކުރާ ޕާޓީއެއް ކަމުގައި އަލުން ހެދުންކަަމަށެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ