ދިރާގުން ދޭ ފުރަތަމަ ސްޕީޑްބޯޓުގެ ނަސީބުވެރިޔާ ހޮވުން އޮތީ ފޭސް 2 ގެ ބީޗުގައި

ދެ ސްޕީޑްބޯޓެއް ދޫކުރާ ދިރާގުގެ 'އެންރޯލް އެންޑް ވިން 2 ސްޕީޑްބޯޓްސް' ޕްރޮމޯޝަންގެ ދަށުން ފުރަތަމަ ސްޕީޑްބޯޓު ލިބޭ ނަސީބުވެރިޔާ ހޮވުމަށް ހަމަޖެހިފައިވާ ތަން ބަދަލުކޮށްފިއެވެ. ދިރާގުން ފުރަތަމަ ބުނީ، ފުރަތަމަ ސްޕީޑްބޯޓުގެ ނަސީބުވެރިޔާ ހޮވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހު ހަވީރު ހަތަރެއް ޖަހާއިރު ހުޅުމާލެ ސެންޓްރަލް ޕާކުގައި ކަމަށެވެ. އެކަމަކު މިއަދު ދިރާގުން ބުނީ، ގުރުއަތުލުން މިހާރު ބާއްވަން ހަމަޖެހިފައިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އޮންނަ ދިރާގުގެ ބީޗުގައި ކަމަށެވެ. https://sun.mv/216552 ގުރު ނެގުމަށް ބާއްވާ މި ހަފުލާގައި ޑީޖޭ މީކާގެ ހުށަހެޅުމެއްގެ އިތުރުން, ކުޑަކުދިންގެ މެދުގައި މަޝްހޫރު ރޮބޯމޭން ވެސް ފެނިގެންދާނެ ކަމަށް، ދިރާގުން ބުންޏެވެ. ދިރާގުން ބުނީ، ދެ ސްޕީޑްބޯޓު ލިބޭ މި ޕްރޮމޯޝަނުގެ ދަށުން ހުށަހަޅާފައިވާ ފުރަތަމަ ސްޕީޑްބޯޓު ހޯދުމުގެ ފުރުސަތު ހަމަވެފައިވާ ކަމަށެވެ. ނަމަވެސް ދެވަނަ ސްޕީޑްބޯޓު ކާމިޔާބުކުރުމުގެ ފުރުސަތު އަންނަ މާރިޗު މަހުގެ ނިޔަލަށް އަދި އެބައޮތް ކަމަށް، ދިރާގުން ބުންޏެވެ. އެގޮތުން ދިރާގުގެ މިހާރުގެ ކަސްޓަމަރުންނަށާއި އާ ކަސްޓަމަރުންނަށް މި ޕްރޮމޯޝަނަށް ޚާއްސަ ޕޯޓަލް މެދުވެރިކޮށް މާރިޗު މަސް ނިމެންދެން ބައިވެރިވެވޭނެއެވެ. މި ޕްރޮމޯޝަންގެ ނަސީބުވެރިންނަށް ދިރާގުން ދިނުމަށް ހަމަޖެހިފައިވަނީ އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ ސްޕޯޓްސް ސްޕީޑްބޯޓެއް ކަމަށާއި،. މިއިން ކޮންމެ އުޅަނދެއްގައި ޔަމަހާ 250 ހޯސްޕަވަރުގެ އިންޖީނެއް ވެސް އެކުލެވިގެންވާ ކަމަށް ދިރާގުން ބުންޏެވެ. މީގެ އިތުރުން، ދިރާގުން ބުނީ ދިރާގުޕޭއަށް ރަޖިސްޓަރީކޮށްގެން މި ޕްރޮމޯޝަންގެ ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު އިތުރުވެގެންދާނެ ކަމަށެވެ. އަދި މި ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގެ ތެރޭގައި ދިރާގުޕޭއަށް ރަޖިސްޓާކުރާ ކަސްޓަމަރުންނަށް ވެސް މި ފުރުސަތު ލިބި، މި އަގުހުރި އިނާމްތައް ހާސިލުކުރުމުގެ ފުރުސަތު އިތުރުވެގެންދާނެ ކަމަށް ވެސް ބުނެފައިވެއެވެ. ދިރާގުން ބުނީ ދިރާގު ޕްރީޕެއިޑް ޕްލޭންތަކަށް 450 ރުފިޔާ ނުވަތަ އެއަށްވުރެ އިތުރަށް ރީލޯޑްކުރާ ކަސްޓަމަރުން، ދިރާގު ޕޯސްޓްޕެއިޑް 450 ނުވަތަ އެއަށްވުރެ މަތީ ޕްލޭންތަކަށް، އަމިއްލަ ޕޯސްޓްޕެއިޑް ޕްލޭންއަކަށް 450 ރުފިޔާ ނުވަތަ އެއަށްވުރެން މަތިން ބިލްދައްކާ ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށެވެ. އަދި ދިރާގު ލިމިޓެއްނެތް ފައިބާ 40އެމް ނުވަތަ އެއަށްވުރެ މަތީގެ ޕްލޭންތަކުގެ ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގެ ލަކީ ޑްރޯގައި ބައިވެރިވެވޭނެކަމަށް ވެސް ދިރާގުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ