އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅުން ހުރި މައުލޫމާތުތަކެއް އާންމުކުރި މައްސަލާގައި ދައުވާ އުފުލާފައިވާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކުރީގެ މުވައްޒަފެއް ކަމަށްވާ ގާސިމް އަބްދުލްކަރީމްގެ މައްޗަށް ޙުކުމް ކުރުން އަންނަ ނޮވެމްބަރ މަހަށް ތާވަލް ކޮށްފިއެވެ.
ގާސިމްގެ ވަކީލް ނާސިމް ސައްތާރު ޓްވިޓާގައި ވިދާޅުވީ ގާސިމްގެ މައްޗަށް ޙުކުމް އިއްވުން ނޮވެމްބަރ މަހަށް ލަސްކޮށްފައިވާ ކަމަށާއި ޙުކުމް ކުރުން ލަސް ކުރީ މައްސަލަ ބައްލަވާ ފަނޑިޔާރު ޗުއްޓީ އަށް ވަޑައިގެންނެވުމުން ކަމަށެވެ.
މިމައްސަލައިގެ ޙުކުމް މިހަފްތާގައި އިއްވަން ކުރިން އޮތީ ތާވަލް ކޮށްފައެވެ.
ފ.ނިލަންދޫ، ބީއެމްއެލްގެ ބްރާންޗުގެ އެސިސްޓެންޓް މެނޭޖަރަކަށް ހުރެ ގާސިމް އާންމު ކުރި މައުލޫމާތުތަކާއި ގުޅިގެން އޭނާ ހައްޔަރު ކުރިތާ ގިނަދުވަސްތަކެއް ފަހުން މިހާރު ވަނީ ގޭބަންދަށް ބަދަލުކޮށްފައެވެ.
ގާސިމްގެ މައްޗަށް ދައުލަތުން ވަނީ ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހޯދުމުގެ ދައުވާ އާއި ހުއްދަ ނޫން ގޮތުގައި މައުލޫމާތު އާންމު ކުރުމުގެ ދައުވާ އުފުލައިފަ އެވެ.
ބީއެމްއެލްގެ ކަސްޓަމަރެއްގެ މައުލޫމާތު އާންމުކުރި ގާސިމް އަށް ޙުކުމް ކުރުން ނޮވެމްބަރ މަހު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ