މި އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ޕްރޮގްރޮސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ނެރޭނޭ ކެންޑިޑޭޓެއް ކަނޑައެޅުމަށް އެ ޕާޓީ ތެރޭގައި ބާއްވާ ޕްރަމަރީ އިންތިހާބަށް ކުރިމަތި ލައްވާފައި ވަނީ އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ޔާމިނާއި އެ އުމަރު ނަސީރު ކަމަށް އެ ޕާޓީން ބުނެފި އެވެ.
ރާއްޖޭގެ ދެވަނަ އަށް އެންމެ ގިނަ މެންބަރުން ތިބި، ސިޔާސީ ޕާޓީ ކަމަށްވާ ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ހުޅުވާލި ފުރުސަތުގެ މުއްދަތު ހަމަ ވެފައި ވަނީ މިއަދު 3:30 ހަމައަށެވެ. ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް އިސްކޮން ހުންނަވާ ޕީޕީއެމްގެ ޕްރައިމަރީ ބާއްވަން ހަމަޖައްސާފައި ވަނީ އަންނަ މާޗް މަހުގެ 30 ވަނަ ދުވަހު އެވެ.
ދެހާސް އަށް ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ވާދަކުރައްވާފައިވާ އުމަރު ނަސީރާއި މައުމޫނު ކޮއްކޯފުޅު އަބްދުﷲ ޔާމިން މިހާރު ވެސް ގެންދަ ވަނީ ޕީޕީއެމް ޕްރައިމަރީއަށް ކެމްޕޭން ކުރައްވަމުންނެވެ.
އެ ދެ ބޭފުޅުންގެ ކެމްޕޭންގެ ހަރަކާތްތަކާ އެކު ދެ ބޭފުޅުން ވެސް ސިޔާސީ ރައްދު އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ދެއްވަމުން ގެންދަވާ އިރު އެ ޕާޓީގެ ރައީސް މައުމޫނު ވިދާޅުވެފައި ވަނީ ޕްރައިމަރީ އިންތިހާބުގެ ކުރިން އެއްވެސް ބޭފުޅަށް ތާއިދު ނުކުރައްވާނެ ކަމަށެވެ.
ޕީޕީއެމް ޕްރައިމަރީ އަށް ޔާމީނާއި އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ