ޤައުމެއްގެ މިނިވަންކަން ދެމިއޮތުމަށް ބޭނުންވަނީ ހަމައެކަނި ބަރުހަތިޔާރާއި ބަޑި ނޫންކަމަށާ އެ ޤައުމެއްގެ ރައްޔިތުން ޤަބޫލުކުރާ ހަމަތަކާއި އުޞޫލުތަކުގެ އިތުރުން އެ އުޞޫލުތަކުން ނެރޭ ހިތަވަރު ކަމަށް ހޯމް މިނިސްޓަރ އުމަރު ނަޞީރު ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓަރ މިހެން ވިދާޅުވީ، ރޭ ދާރުލް އާޘާރުގައި ހުޅުވި މިނިވަންކަމުގެ "ދަތުރު - މިޞްރާބު ޔަގީން" މައުރަޒު ހުޅުވައިދެއްވުން ޝަރަފްވެރި ކޮށްދެއްވަމުންނެވެ.
އުމަރު ވިދާޅުވީ ގައުމެއްގެ މިނިވަންކަން ދެމިއޮތުމަށް ނުވަތަ ސަލާމަތާއި ރައްކާތެރިކަމުގައި އޮތުމަށް އެކި ގައުމަށް ލިބިފައިވަނީ އެކި ސިފަ ކަމަށެވެ.
އެގޮތުން ރާއްޖެ އޮތް ހިސާބާއި ރާއްޖޭގެ ފަރުތަށް އެއީ އިސްތިޢުމާރީންނަށް ރާއްޖެ ހިޞާރު ކުރުމުގައި އޮތް އެންމެ ބޮޑު ހުރަސް ކަމަށާ ހަމަ އެފަދައިން ދުނިޔޭގެ ބައެއް ގައުމުތައް ފިނި ބައްރުގައި ވުމާއި ހޫނު ބައްރުގައިވުން ވެސް ހިމެނޭ ކަމަށް އުމަރު ވިދާޅުވިއެވެ.
ރާއްޖޭގެ ހާރިޖީ ވުޒާރާއާއި ޑިޕާރޓްމަންޓް އޮފް ހެރިޓޭޖުން އިންތިޒާމުކޮށް ހުޅުވި މަޢުރަޒާ ގުޅޭގޮތުން ހާރިޖީ ވަޒީރު ދުންޔާ މައުމޫން ވަނީ ވާހަކަފުޅު ދައްކަވައިފައެވެ.
އެގޮތުން ރާއްޖޭގެ ޚާރިޖީ ސިޔާސަތު އަބަދުވެސް އޮންނަނީ އެކުވެރި ބަދަހި އިތުބާރެއްގެ މަތީގައި ކަމަށް ވިދާޅުވެފައެވެ. ދުންޔާ ވިދާޅުވީ ރާއްޖޭގެ މިނިވަންކަމަށް އެކި ދުވަސް ވަރު އެކި ބޭފުޅުން ކުރައްވާފައިވާ މަސައްކަތްޕުޅު މި މަޢުރަޒުން ފެނިގެންދާނެކަމަށެވެ.
އެކި ޒަމާންތަކުގައި ރާއްޖޭގެ މިނިވަންކަމަށް މަސައްކަތްކުރެއްވި އަބްޠާލުން ގެންގުޅުއްވި ހަތިޔާރާއި އެކި ދުވަސްވަރުގެ ހަނދާނީ ފޮޓޯތައް ދައްކުވައިދޭ މި މަޢުރަޞުގައި އިހާއި ފަހުގެ ތާރީޚީ ލިޔުންތައްވެސް ވަނީ ބެހެއްޓިފައެވެ.
މިނިވަންކަން ދަމަހައްޓަން ބޭނުމީ ބަރުހަތިޔާރެއް ނޫން: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ