ބީއެމްއެލް، ސްކޫލް ކުދިންގެ 17 ވަނަ ފެތުމުގެ މުބާރާތާއި ހަތަރު ވަނަ ސްވިމިން ފެސްޓިވަލްގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި އެވެ.
ސްވިމިން އެސޯސިއޭޝަނުން ބުނީ، މި ދެމުބާރާތުގައި ބައިވެރިވުމަށް މިހާރު ފޯމް ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އަށެވެ.
ސްވިމިން އެސޯސިއޭޝަނުން ބުނީ، ސްކޫލް ކުދިންގެ ފެތުމުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 19 އިން 27 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ކިޑްސް ސްވިމިންގ ފެސްޓިވަލް ބޭއްވުމަށް ހަމަޖައްސާފައި ވަނީ މިމަހުގެ 16 އިން 18 ވަނަ ދުވަހުގެ ނިޔަލަށާއި މި ދެ މުބާރާތް ވެސް ބޭއްވުމަށް ހަަމަޖެހިފައި ވަނީ މާލޭ ސްވިމިންގ ޓްރެކްގައި ކަމަށް ވެސް ސްވިމިން އެސޯސިއޭޝަނުން މައުލުމާތު ދެއެވެ
ސްވިމިން އެސޯސިއޭޝަނުން ބުނީ، މި ދެ މުބާރާތަކީ ވެސް ބީއެމްއެލްއިން ސްޕޮންސަރ ކޮށްގެން ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް ހުޅުވާލެވިގެން ކަމަށެވެ. އެގޮތުން ކިޑްސް ސްވިމިން ފެެސްޓިވަލް ކުރިއަށް ދާނީ ތިން އުމުރުފަރައަކަށް ބަހާލައިގެން އަންހެން ފިރިހެން ވަކިން ކަމަށެވެ. އެގޮތުން އެތިން އުމުރު ފުރައަކީ ހަ އަހަރުން ދަށް، އަށް އަހަރުން ދަށް، އަދި 10 އަހަރުން ދަށުގެ އުމުރުފުރާ ކަމަސް ވެސް ސްވިމިން އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.
މީގެ އިތުރުން ސްވިމިން އެސޯސިއޭޝަނުން ބުނީ، ސްކޫލް ކުދިންގެ ފެތުމުގެ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައި ވަނީ ހަތަރު އުމުރު ފުރައަކަށް ބަހާލައިގެން އަންހެން ފިރިހެން ވަކިން ކަމަށެވެ. އެގޮތުން އެއުމުރު ފުރާތަކަކީ 12 އަހަރުން ދަށާއި 14 އަހަރުން ދަށާއި 16 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ އުމުރުފުރާ ކަމަށް ސްވިމިން އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.
މި ދެ މުބާރާތާ ބެހޭ ގަވާއިދާއި އިތުރު މައުލޫމާތުތަށް އެއެސޯސިއޭޝަނަށް ގުޅުމުން ލިބޭނެ ކަމަށްވެސް ސްވިމިން އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.
ސްކޫލް ކުދިންގެ ފެތުމުގެ މުބާރާތާއި ސްވިމިން ފެސްޓިވަލްގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ