މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އިން އިންތިޒާމުކުރާ 21 ވަނަ އިންޓަރ ސްކޫލް ބާސްކެޓްބޯޅަ މުބާރާތުގެ ކުޅުން މިއަދު ފަށައިފި އެވެ.
މިއަހަރުގެ އިންޓަރ ސްކޫލް މުބާރާތަކީ އެމްބީއޭއިން މިހާތަނަށް އިންތިޒާމުކުރާ އެންމެ ބޮޑު އެއް މުބާރާތެވެ. އެގޮތުން މިއަހަރުގެ މުބާރާތުގައި 960 ކުޅުންތެރިން ވާދަކުރާނެ އެވެ.
މިއަހަރުގެ މުބާރާތުގައި ހިމެނޭ އުމުރުފުރާތަކަކީ 12 އަހަރުން ދަށާއި، 14 އަހަރުން ދަށާއި، 16 އަހަރުން ދަށުގެ އިތުރުން 18 އަހަރުން ދަށެވެ. އެގޮތުން 12 އަހަރުން ދަށުގެ ފިރިހެން ބައިގައި 13 ސްކޫލެއް ވާދަކުރާއިރު، މި އުމުރުފުރާގެ އަންހެން ބައިގައި 14 ސްކޫލެއް ވާދަކުރެއެވެ.
14 އަހަރުން ދަށުގެ އުމުރުފުރާގެ ފިރިހެން ބައިގައި 11 ސްކޫލެއް ވާދަކުރާއިރު، އަންހެން ބައިގައި 13 ސްކޫލެއް ވާދަކުރެއެވެ. އަދި 16 އަހަރުން ދަށުގެ ފިރިހެން ބައިގައި 10 ސްކޫލެއް ވާދަކުރާއިރު، މި އުމުރުފުރާގެ އަންހެން ބައިގައި 5 ސްކޫލެއް ވަނީ ބައިވެރިވެފައެވެ.
މީގެ އިތުރުން މި މުބާރާތުގެ 18 އަހަރުން ދަށުގެ ފިރިހެން އަދި އަންހެން ބައިގައިވެސް ބައިވެރިވެފައިވަނީ 3 ސްކޫލެކެވެ.
މުބާރާތުގެ ކުޅުން މިއަދު ފެށިއިރު، މުބާރާތް ނިންމާލުމަށް ހަމަޖެހިފައިވަނީ އަންނަ މެއިމަހުގެ 4 ވަނަ ދުވަހު އެވެ.
މީގެއިތުރުން އޭޕްރީލް މަހުގެ 27 އިން މެއި މަހުގެ 4 އަށް 16 އަހަރުން ދަށުގެ އިންވިޓޭޝަނަލް ބާސްކެޓްބޯޅަ މުބާރާތެއް ބޭއްވުމަށްވެސް އެމްބީއޭ އިން ވަނީ ނިންމާފައެވެ.
އިންޓަ ސްކޫލް ބާސްކެޓްބޯޅަ މުބާރާތް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ