ޖޭޕީގެ މެމްބަރު ހުސައިން މުހަންމަދު ހައްޔަރު ކޮށްފި

ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރ އަދި ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރ ހުސައިން މުހަންމަދު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ހުސައިން މުހަންމަދު ހައްޔަރު ކޮށްފައިވަނީ ޖުމްހޫރީ މައިދާން ސަރަހައްދަށް ވަޑައިގެން ހުންނަވަނިކޮށެވެ. ފުލުހުންގެ ހަތަރުވަރަކަށް އޮފިސަރުން ހުސައިން މުހަންމަދު ގެންދާ މަންޒަރު ވީޓީވީ ލައިވް ވީޑިއޯއިން ވަނީ ފެނިފައެވެ.
ފުލުހުން ހުސައިން މުހަންމަދު ގެންދިޔައީ ކޮންތާކަށް ކަމެއް އަދި ސާފެއް ނުވެއެވެ.
މީގެއިތުރުން، ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްވެސް ހައްޔަރު ކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އަމީތު ހައްޔަރު ކޮށްފައިވާ ކަމުގެ ރިޕޯޓްތައްވެސް ލިބެމުން އެބަދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ