ވަކި ފަރުދެއްގެ ވިސްނުން ތަފާތުވެގެން އިއްތިހާދު ރޫޅިގެން ނުވާނެ - ޤާސިމް

ވަކި ފަރުދެއްގެ ވިސްނުން ތަފާތުވެގެން ގުޅިފައިވާ އިދިކޮޅު އިއްތިހާދު ރޫޅިގެން ނުވާނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ތިން އަހަރާ ހަމަސް ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޤާސިމް ޖަރުމަނުވިލާތުގައި ހުންނަވާ ކުރެއްވި ޓުވީޓެއްގައި މިއަދު ވިދާޅުވީ ވަކި ފަރުދަކު ޖޭޕީއާ ގުޅުމުން އަދި މެމްބަރަކު ވަކި ކަމެއްގައި ތަފާތު ވިސްނުމެއް ގެންގުޅޭ ގޮތަކުން ރާއްޖެ އިސްލާހީ މަގަށް ގެނައުމަށް ޖޭޕީން ބައިވެރިވެފައިވާ އިއްތިހާދުގެ ގުޅުމަށް ބުރޫއަރައިގެން ނުވާނެ ކަމަށެވެ.
ޤާސިމް ވިދާޅުވެފައިވަނީ ޖޭޕީން ޕާޓީތަކުގެ އިއްތިހާދު ރޫޅުނަ ނުދޭނެކަމަށެވެ.
ނިމިދިޔަ ހަފްތާގެ ތެރޭގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަޞީރު ޖޭޕީއާ ގުޅިވަޑައިގެންނެވުމަށްފަހު މީޑިއާގައި ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު ޕާޓީ އެމްޑީޕީއާއެކު ދުވަހަކުވެސް މަސައްކަތް ނުކުރައްވާނެކަމަށެވެ.
މިކަމާ ގުޅިގެން އެމްޑީޕީން ވިދާޅުވީ އުމަރަށް އެމްޑީޕީން ޖާގައެއް ނެތްކަމަށާއި، އެމްޑީޕީ ފުނޑާލުމަށް ފުރުސަތު ނުދެއްވާނެކަމަށެވެ.
މިއަދުގެ ވަގުތެއްގައި އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ އަލީ ވަޙީދާ، މުޙައްމަދު ޖަމީލު އަހުމަދު ވަނީ ޤާސިމާ މަޝްވަރާ ކުރުމަށް ޖަރުމަނަށް ގޮސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ