އާންމު ބަހުސަކަށް ވަޑައިގަތުމަށް ޔަމީނަށް އުމަރު ދައުވަތު ދެއްވައިފި

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ރިޔާސީ ޓިކެޓަށް ވާދަކުރައްވާ މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އާންމު ބަހުސަކަށް ވަޑައިގަތުމަށް ރިޔާސީ ޓިކެޓުގައި ވާދަކުރައްވާ އަނެއް ކެންޑިޑޭޓު އުމަރު ނަސީރު ރޭ ދައުވަތުދެއްވައިފި އެވެ.
އުމަރު ޓީމުގެ ފަރާތުން މިރޭ އާޓިފިޝަލް ބީޗްގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އުމަރު ނަސީރު ވިދާޅުވީ ގައުމުގައި ހުރި މައްސަލަތައް ހައްލުކުރުމުގައި ގެންގުޅުއްވާނެ އުސޫލުތަކާއި ގޮތްތައް އާންމުންނާއި ހިއްސާކުރެއްވުމަށްޓަކައި ވީޓީވީއާއި، ދިޓީވީއިން އޭނާއަށާއި ޔާމީނަށް ދަޢުވަތު ދެއްވާފައިވާ ކަމަށެވެ.
ނަމަވެސް މިހާތަނަށް އެނގިވަޑައިގެންފައިވާގޮތުން  ޔާމީނު އަދިވެސް ބަހުސްއަށް ވަޑައިގެންނެވުމަށް އެއްބަސްވެވަޑައިނުގަންނަވާ ކަމަށް ކަމަށް އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޔާމީނުގެ ތަފާތު ބެއްލެވުމަށް ކޮންމެ ޓީވީއަކުން ކޮންމެ ވަގުތަކު ދައުވަތު ދިނަސް ދާން ތައްޔާރަށް ހުންނެވި ކަމަށެވެ.
އުމަރު ވިދާޅުވީ ޔާމީނަކީ ރައީސް މައުމޫނުގެ ކޮކޯފުޅަށްވުމުން އޭނާއަށް ވޯޓުދެއްވާނެ މީހުން ތިބޭނެ ކަމަށެވެ. ނަމަވެސް ރައީސް މައުމޫންގެ ކޮއްކޯފުޅަށް ވިޔަސް އަމާނާތްތެރި ކަމާއި މިފަދަ ކަންކަމަށްވެސް މީހުން ބަލާނެ ކަމަށް ވެސް އުމަރު ނަސީރު ރޭ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ