ހޯމް މިނިސްޓަރުކަން ހުށަހެޅުއްވުމުން އުމަރު އެމަގާމު ގަބޫލެއް ނުކުރެއްވި

ހޯމް މިނިސްޓަރުކަމުގެ މަގާމު ރައީސް ވަހީދު އުމަރު ނަސީރަށް ހުށަހެޅުއްވުމުން އެމަގާމު ބޭނުންފުޅުނުވާ ކަން އުމަރު ރައީސް ވަހީދަށް އަންގަވާފައިވާކަން ކަށަވަރުވެއްޖެ އެވެ.
އެމްވީޔޫތަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އުމަރު ނަސީރަށް މި މަގާމު ހުށަހަޅާފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައި އެވެ. އެކަމަކު އުމަރު އެ ހުށަހެޅުއްވުން ގަބޫލުނުކުރައްވާ ރައީސް ވަހީދަށް އަންގަވާފައިވަނީ މިއަދުގެ ވަގުތެއްގައި އެވެ. އެކަން އުމަރަށް ތާއީދުކުރައްވާ ޕީޕީއެމްގެ ކައުންސިލް މެންބަރަކު ވެސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
މިހަބަރާއި ގުޅޭ ގޮތުން އުމަރުގެ ބަހެއްވަނީ ލިބޭ ގޮތް ނުވެފައެވެ.
ހޯމް މިނިސްޓަރު ކަމުގެ މަގާމުގައި ކުރިން ހުންނެވި ޑރ.މުހައްމަދު ޖަމީލު އަހުމަދު އެމަގާމުން ވަކިކުރެއްވީ އިއްޔެ އެވެ. ޖަމީލް ވަކިކުރެއްވީ ޕީޕީއެމްގެ ރިއާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ ރަނިންމޭޓް ކަމަށް ޖަމީލް އައްޔަންކުރެއްވުމުން، އޭގެ ފަހުން ކެބިނެޓުގައި އޭނާ އިންނަވާ ނަމަ މަސްލަހަތު ފުށުއަރާ ކަމަށް ބުނެ އެވެ.
ޕީޕީއެމްއިން ވަކިކުރައްވާފައިވާ އުމަރު ނަސީރު ހޯމް މިނިސްޓަރުގެ މަގާމަށް އައްޔަންކުރަން ހުށަހެޅުއްވިއިރު މިނިސްޓަރ އޮފް ހޯމް އެފެއާޒްގެ މަޤާމަށް ބޭފުޅަކު ޢައްޔަން ކުރައްވަންދެން، އެމިނިސްޓްރީ ވަގުތީގޮތުން ހިންގެވުން މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އަޙްމަދު ޝަފީޢާ، ރައީސް ވަނީ ހަވާލުކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ