ދުންޔާ އަނބުރާ ސަރުކާރާ ގުޅުމަށް ތާއީދެއް ނުކުރަން: މައުމޫން

ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން އެނބުރި ސަރުކާރުގެ މަގާމަކަށް ވަޑައިގެންނެވުމުން އެކަމަށް ތާއީދު ނުކުރައްވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން އެހގެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. Dunya an'buraa sarukaarah dhiyumakee eynaage amilla nimmumeh. Alhugan'du ekamakah thaaeedheh nukuran.— Maumoon Abdul Gayoom (@maumoonagayoom) January 5, 2017ދުންޔާއަށް ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން މިއަދު ރައީސް އަބްދުﷲ ޔާމީންވަނީ އަރުވާފައެވެ.
ދުންޔާ ފޮރިން މިނިސްޓަރުކަމުން އިސްތިއުފާ ދެއްވާފައިވަނީ މިދިޔަ ޖުލައި މަހުއެވެ. އޭގެ ފަހުން ދުންޔާވަނީ ބައްޕާފުޅު ސަރުކާރާ ދެކޮޅަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ތައީދު ކުރައްވާ އެ ކަންތައްތަކުގައި ބައިވެރިވެވަޑައިގަންނަވާފައެވެ.
ދުންޔާ ސަރުކާރާ ގުޅުމަށް ތާއީދު ނުކުރައްވާ ކަމަށް ރައީސް މައުމޫން ވިދާޅުވި އިރު، ޔުމްނާ ވެސް ވަނީ އެކަމާ ދެކޮޅު ހައްދަވާފައެވެ. Dunya an'buraa sarukaarah dhiyumakee eynaage amilla nimmumeh. Alhugan'du ekamakah thaaeedheh nukuran.— Maumoon Abdul Gayoom (@maumoonagayoom) January 5, 2017
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ