ޒޯން މުބާރާތުގެ ފައިނަލް މިއަދު ހަވީރު

ޒޯން 8 ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗްގައި މިއަދު ހަވީރު ފުވައްމުލަކު ސްޕޯޓްސް އާއި ދި ފޭދޫ ބައްދަލު ކުރާ މެޗް އައްޑޫ ސްޓޭޑިއަމްގައި ކުޅުމަށް ހަމަޖެހިފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.
އައްޑޫ ސިޓީ ކައުންސިލާއި، އެފްއޭއެމް ގުޅިގެން ކުރިއަށްދާ މުބާރާތުގައި ހަތަރު ޓީމަކުން ވަނީ ވާދަކޮށްފައެވެ. އެގޮތުން ފުވައްމުލަކު އަތޮޅު މުބާރާތުގެ ޗެމްޕިއަން ދަނޑިމަގު ޒުވާނުންގެ ޖަމިއްޔާ ވަނީ އެއްވެސް މެޗަކުން މޮޅު ނުވެ މުބާރާތުން ކަޓާފައެވެ. އައްޑޫ އަތޮޅު މުބާރާތުގެ ޗެމްޕިއަން ފޭދޫ ސްޕޯޓްސް ފުވައްމުލަކު ރަނައަޕް ފުވައްމުލަކު ސްޕޯޓްސް އާއި ބައްދަލު ކުރާ މެޗް ފޯރި ގަދަވާނެ ކަމަށް ބެލެވެއެވެ.
މި ދެޓީމް މި މުބާރާތުގައި ކުޅުނު މެޗް 2-2 ލަނޑުން ވަނީ އެއްވަރުވެފައެވެ. މިއަދުގެ ފައިނަލް މެޗަށް ފަހު މުބާރާތުގެ ވަނަވަނައަށްދާ ފަރާތްތަކަށް އިނާމާއި، ޓްރޮފީ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ