ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތް ކަމަށް ބުނެ އެ މައްސަލަ ފައިލް ކޮށްފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
ތޯރިގުގެ ނަމުގައި ވަގު ފޯމެއް ޕީއެންސީން އިލެކްޝަނަށް ހުށަހެޅި މައްސަލަ ފުލުހުން ބަލައި ނިންމި ގޮތުގެ ލިޔުމުގައި ބުނެފައި ވަނީ ތޯރިގުގެ ނަމުގައި ޕީއެންސީން އިލެކްޝަނަށް ހުށަހެޅި ފޯމަކީ ސައްހަ ފޯމެއް ނޫންކަން ފުލުހުންގެ ތަހުގީގަށް އެނގުނު ކަމަށެވެ. އަދި އެކަން ފުލުހުންގެ މުއައްސަސާއިން އިލެކްޝަންސް ކޮމިޝަނަށް އެންގި ކަމަށް އެ ލިޔުމުގައި ބުނެފައިވެ އެވެ.
"[އިލެކްޝަންސް ކޮމިޝަނުން] ފޯމު ހުށަހަޅާފައިވާ ސިޔާސީ ޕާޓީ 5000ރ. އިން ޖޫރިމަނާ ކޮށްފައިވާ ކަމަށް އަންގާފައި ވާތީ އާއި މި މައްސަލައިގައި ޖިނާއީ ދައުވާ ކުރެވޭ މިންވަރަށް ހެކި ލިބިފައި ނުވާތީ މި ހިދުމަތުގައި މައްސަލަ ފައިލް ކުރެވިފައިވާ ވާހަކަ ދެންނެވިން،" ފުލުހުންގެ ލިޔުމުގައި ބުންޏެވެ.
އެ މައްސަލައިގައި ޖިނައީ ދައުވާ އުފުލަން ޕީޖީ އޮފީހަށް ނުފޮނުވީ ޖިނާއީ ދައުވާ އުފުލޭ ވަރުގެ ހެއްކާއި ގަރީނާ ލިބިފައި ނުވާތީ ކަމަށް ފުލުހުން ބުނެފައިވެ އެވެ. ނަމަވެސް މީގެ ކުރިން މިފަދަ ބައެއް މައްސަލަތަކުގައި ދައުވާ އުފުލައި ޝަރީއަތް ކުރިއަށް ގެންގޮސްފައި އެބަ ހުއްޓެވެ.
ފުލުހުން ބުނީ ތޯރިގުގެ ނަމުގައި ޕީއެންސީން ހުށަހެޅި ފޯމުގައިވާ އިނގިލީގެ ނިޝާނާއި ތޯރިގުގެ އިނގިލީގެ ނިޝާނާ ދިމާ ނުވާ ކަމަށެވެ. އަދި އެ ފޯމުގައިވާ އިނގިލީގެ ނިޝާން ފުލުހުންގެ ޑޭޓާބޭސްގައިވާ އެއްވެސް އިނގިލީގެ ނިޝާނަކާ ދިމާ ނުވާ ކަމަށެވެ.
ތޯރިގުގެ ނަމުގައި ވަގު ފޯމެއް ޕީއެންސީން އިލެކްޝަނަށް ހުށަހެޅީ މިދިޔަ އަހަރުގެ ނޮވެމްބަރު 22، ގަ އެވެ. އެ ފޯމު އިލެކްޝަނުން ބަލައިގެންއިރު، އެ ފޯމުގައި ޖަހާފައި ވަނީ ވެސް ތޯރިގުގެ ފޮޓޯއެއް ނޫނެވެ. ނަމަވެސް އިލެކްޝަނަށް ހުށަހަޅާ ފޯމާއެކު އައިޑީކާޑުގެ ކޮޕީއެއް ހުށަހަޅަން ޖެހެ އެވެ.
އައިޑީކާޑުގައިވާ ފޮޓޯ އާއި ފޯމުގައިވާ ފޮޓޯ ދިމާނުވާކަން ސާފުކޮށް އެނގެން އޮތްއިރު، އެ ފޯމު އިލެކްޝަނުން ބަލައިގެން މައްސަލައިގައި ގިނަ ބަޔަކު މީގެ ކުރިން އިލެކްޝަނަށް ފާޑު ވެސް ކިޔެވެ.
ވެރިކަން ކުރާ ޕީއެންސީއަށް އެތައް ސަތޭކަ މީހުން ވަގަށް ވެއްދި މައްސަލައިގައި އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސް އަދި ޕީއެންއެފްގެ މެންބަރުން ވެސް ކަންބޮޑުވުން އޭރު ފާޅުކުރި އެވެ. އެގޮތުން އެމްޑީޕީން ވަނީ އެ ޕާޓީގެ 300 އަށްވުރެ ގިނަ މީހުން ވަގަށް ޕީއެންސީއަށް ވެއްދި މައްސަލަ ފުލުހަށް ހުށަހަޅައިފަ އެވެ. ޑިމޮކްރެޓްސްގެ 700 އަށްވުރެ ގިނަ މެންބަރުން ޕީއެންސީއަށް ވެއްދި މައްސަލަ އެ ޕާޓީން ވެސް ފުލުހަށް ހުށަހެޅި އެވެ.
- އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރުކުރުމާއެކު ގުގުރުން އެކަށީގެންވޭ. މެދުރާއްޖެތެރެ އާއި ދެކުނުގެ އަތޮޅުތަކަށް މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ.
- ވައި ޖެހޭނީ ދެކުނުގެ އަތޮޅުތަކަށް އިރު ދެކުނާއި ދެކުނުން އަދި އެހެން ހިސާބުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު 3 މޭލާއި 13 މޭލަށް
- ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ
- ރާޅުގެ އުސްމިން ހުރީ 1-3 ފޫޓަށް
ހުލާސާކޮށް އިއްޔެ: ވަގު ފޯމެއްކަން ތަހުގީގުން އެނގުމުން ވެސް ދައުވާ ނުކުރި ހުލާސާކޮށް އިއްޔެ: ވަގު ފޯމެއްކަން ތަހުގީގުން އެނގުމުން ވެސް ދައުވާ ނުކުރި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ