ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ސަރުކާރުން ހައްދަވާ ގޯސްތަކުގެ ވާހަކަދައްކަވަނީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއިމެދު ޒާތީކަމެއް އޮވެގެންނެއް ނޫންކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ކެމްޕެއިންގައި ގާސިމް ނައިފަރަށް ވަޑައިގެން ވަގުތު އެ ރަށަށް ދިޔައީ ވާރެވެހެމުން ނަމަވެސް ގާސިމްއަށް މަރުހަބާ ދެންނެވުމަށްޓަކައި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބަނދަރަށް ޖަމާވެފައެވެ. އޭނާއަށް ނައިފަރުގެ ރައްޔިތުން ކީ ހޫނު މަރުހަބާއަށްފަހު ރަށުގެ ރައްޔިތުންނާއި މުހާތަބު ކުރައްވާ ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ނައިފަރުފަދަ ތައުލީމީ އާބާދީއެއް ދިރިއުޅޭ ރަށަކަށް ސަރުކާރުން އަޅާނުލާ އޮތީތީ ވަރަށް ދެރަވާކަމަށެވެ.
ގާސިމް ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ކޮންމެ ރަށަކަށް ފަސްކަމެއްކޮށްދެއްވާނެކަމަށެވެ. އަދި އޭގެ އިތުރުންވެސް ކޮންމެ ރަށެއްގެ ބަނދަރުމަތީގައި މިސްކިތަކާއި، ފާހަނަ ބަރިއެއް ގާއިމްކޮށްދެއްވާ، ރާއްޖޭގެ ހުރިހާ ކްލާސްރޫމްތަކަކާއި އަދި ހުރިހާ މިސްކިތްތަކެއްވެސް އެއާ ކޮންޑިޝަން ކޮށްދެއްވާނެކަމަށް ގާސިމް ވިދާޅުވިއެވެ.
މި ޒަމާނުގެ ކޮމްޕިއުޓަރ ލެބް ރާއްޖޭގެ ހުރިހާ ސުކޫލްތަކެއްގައި ގާއިމްކޮށްދެއްވާނެކަމަށާއި، ސްމާޓް ބޯޑު ބަހައްޓާ، 75 އިންޗީގެ ސްމާޓް ޓީވީ ބަހައްޓަވާދެއްވާނެކަމަށްވެސް ގާސިމް ވައުދުވެވަޑައިގެންނެވިއެވެ. އަދި ހިނަވާގެއެއް ނެތް ރަށްރަށުގައި ހިނަވާގެއެއް ގާއިމްކޮށްދެއްވާނެކަމަށްވެސް ވިދާޅުވިއެވެ. އަދި އާބާދީ ބޮޑު ރަށްތަކުގެ މަގުތައް ހެދުމަށް އިސްކަންދެއްވާނެކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވިއެވެ.
އެގޮތުން ގާސިމް ވަނީ ނައިފަރުގެ ބިން ހިއްކެން އޮތް އެންމެ ބޮޑަކަށް ހިއްކާ، ބަނދަރު ތަރައްގީކޮށްދެއްވާ، މަގުތައް ހަދައިދިނުމަށް ވައުދުވެވަޑައިގެންފައެވެ. ގާސިމް ވިދާޅުވީ ތައުލީމީ ގޮތުންނާއި، އެހެން ގޮތް ގޮތުން ފާހަގަކުރެވޭ މަޝްހޫރު ރަށްތަކަށް އިސްކަންދެއްވައިގެން މަސައްކަތް ކުރަންޖެހޭނެކަމަށެވެ.
މީގެ އިތުރުން ގާސިމް ވިދާޅުވީ އޭނާ ސަރުކާރު ޖަވާބުދާރީކުރުވުމަށް ވާހަކަދައްކަވަނީ، ރައީސް ސާލިހާއިމެދު އެއްވެސް ކަހަލަ ޒާތީ ތައައްސުބެއް އޮވެގެން ނޫންކަމަށާއި، ގައުމު އޮތް ހާލަތު ރަނގަޅުކޮށް، މިނިވަންކަން ދެމެހެއްޓުމަށްޓަކައިކަމަށެވެ.
ސަރުކާރު ޖަވާބުދާރީކުރުވުމަށް ވާހަކަދައްކަވަނީ، ރައީސް ސާލިހާއިމެދު ޒާތީކަމެއް އޮވެގެންނެއް ނޫން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ